logologologologo
STO
ޚަބަރު

ސިއްހީ މަރުކަޒެއްގައި ފިޒިއޮތެރަޕީގެ ހިދުމަތް ފެށި ފުރަތަމަ ރަށަކަށް ކާށިދޫ

ސިއްހީ މަރުކަޒެއްގައި ފިޒިއޮތެރަޕީގެ ހިދުމަތް ފެށި ފުރަތަމަ ރަށަކަށް ކާށިދޫ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޮކްޓޯބަރު 11

ކ. ކާށިދޫ ސިއްހީ މަރުކަޒުގައި ފިޒިއޮތެރަޕީގެ ހިދުމަތް ރަސްމީކޮށް ފަށައިފިއެވެ. މިއީ ރާއްޖޭގައި ގާއިމުކޮށްފައިވާ ސިއްހީ މަރުކަޒެއްގައި މިފަދަ ހިދުމަތެއް ގާއިމުކުރި ފުރަތަމަ ފަހަރެވެ.

މި ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ސިއްހަތާއި އާއިލާ އާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު ގީލާ އަލީއެވެ.

މި ހިދުމަތް ފެށުމަށް ކާށިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ގީލާ ވިދާޅުވީ، މިއީ ރައްޔިތުންނާ ވީހާވެސް ގާތުން ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި ކާށިދޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ އިސްކަމެއް ދެއްވައިގެން ފިޒިއޮތެރަޕީގެ ހިދުމަތް ތައާރަފުކުރުމަށް ނިންމެވި ރަށެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ހިދުމަތް ރަށުން ލިބެން ނެތުމުގެ ސަބަބުން މީގެކުރިން ކާށިދޫގެ ރައްޔިތުން މާލެއަށް ކުރަންޖެހޭ ދަތުރުތަކާއި އުފުލަންޖެހުނު ބޮޑެތި ހަރަދުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ. ހާއްސަކޮށް އުމުރުން ދުވަސްވުމުން ދިމާވާ ޖިސްމާނީ އުނދަގޫތަކުން އަރައިގަތުމަށް ފިޒިއޮތެރަޕީއަކީ ނުހަނު ބޭނުންތެރި ފަރުވާއެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް