އަޅުގަނޑަކީ ރުޅިގަދަ ރުންކުރު މީހެކޭ ބުނެވިދާނެ: ފައްޔާޒް

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަކީ ރުންކުރު އަދި އަވަހަށް ރުޅިއަންނަ މީހެއްކަމަށް އަމިއްލައަށް އެއްބަސްވެވަޑައިގެންފިއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުވެސް ކުރިން ފުރުއްވި ފައްޔާޒް ވަނީ ތާކުންތާކު ނުޖެހޭ ވާހަކައެއް މީހަކު ދައްކައިފިނަމަ ލޭކެކި، ރައްދުނުދީ ނުހުރެވޭ ކަމަށާއި އޭނާއަކީ އަވަހަށް ރުޅިއަންނަ ރުންކުރު މީހެއްކަމަށް އަމިއްލަފުޅަށް ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި އިއުތިރާފުވެފަ އެވެ.
ފައްޔާޒު ވިދާޅުވީ އޭނާގެ މޫނު ހައްދަވާފައިވަނީ ރުޅިއާއި ބަހުސްކުރުމުގެ ޝައުގުވެރިކަން ވަންހަނާ ނުކުރެވޭނެ ގޮތަށް ކަމަށެވެ. އަދި އޭނާއަކީ އެއްވެސް "ފިލްޓަރެއް" ނެތި ސީދާ ވާހަކަދައްކަވާ ބޭފުޅެއް ކަމަށާއި، އަމަލުތަކުންނާއި ބަސްމަގުން އެކަން ހާމަވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން، އޭނާއާ ދެކޮޅަށް ވާހަކަދައްކާ މީހުންނަށް ރައްދުދޭނެ ކަމަށް ބުނެ، އޭނާގެ ރުންކުރުކަމަކީ ގުދުރަތީ މިޒާޖު ކަމަށް ސިފަކުރެއްވިއެވެ.
އަމިއްލަ ނަފްސުގެ މައްޗަށް ބާރު ނުފޯރުވޭކަމާއި ރުންކުރުކަން ހާމަކުރެއްވުމުން އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
ފައްޔާޒް އަކީ 2028 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދަވަން މަސައްކަތް ކުރައްވާ އެއް ބޭފުޅާ އެވެ.
އިތުރަށް





.gif.gif&w=828&q=100)