ބޮޑެތި ކުށްވެރިންނަށް ޕެރޯލްގެ ފުރުޞަތު ނުދިނުމަށް ޤާނޫނު އިޞްލާޙްކުރަނީ

ބޮޑެތި ކުށްވެރިންނަށް ޕެރޯލްގެ ފުރުޞަތު ނުދިނުމަށް ޤާނޫނު އިޞްލާޙްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ޑްރަގް ޓްރެފިކިންގް ފަދަ ބޮޑެތި މައްސަލަތަކުގައި ހިމެނޭ ފަރާތްތަކަށް ޕެރޯލްގެ ފުރުޞަތު ނުދިނުމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޕެރޯލްގެ ޤާނޫނު އިޞްލާޙުކޮށް ޤާނޫނީ ނިޒާމު އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.
ޕެރޯލް ޤާނޫނު މިހާރަށް ވުރެ ފުރިހަމަކުރަންޖެހޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިހާރު ޢަމަލު ކުރަމުން ދާ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު އެކުލަވާލެވުނީ 2013ވަނަ އަހަރުގައި ކަމަށާއި އޭގެ ފަހުން މަސްތުވާތަކެއްޗާބެހޭ ޤާނޫނު ފަދަ ޤާނޫނުތަކަށް ބަދަލު އައިސްފައިވާތީ، ޕެރޯލް ޤާނޫނު އިތުރަށް އިސްލާޙުކުރަންޖެހޭކަމަށެވެ.
ވަޒީރު ވިދާޅުވީ ޑްރަގް ޓްރެފިކިންގެ ބޮޑެތި މައްސަލަތަކުގައި ހިމެނޭ މީހުން، ޕެރޯލްގެ ޤާނޫނުގެ ދަށުން ދޫވެގެން މުޖުތަމަޢުއަށް ނުކުތުމަށް ފުރުސަތު ނުދިނުމަށްޓަކާ، އެ ޤާނޫނު އިސްލާޙުކޮށް، ޤާނޫނީ ނިޒާމް އިތުރަށް ވަރުގަދަކުރާނެކަމަށެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ޕެރޯލް ޤާނޫނުގައި ވަރަށް ސާފުކޮށް އިޖުރާޢަތުތައް ބަޔާންކޮށްދޭ ކަމަށާއި ޑުރަގް ޓްރެފިކިން ފަދަ ކަންކަމުގައި ހިމެނޭ މީހުން ދޫކޮށްލުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާ މިއަދުގެ ސަރުކާރުން ރައްޔިތުންގެ ސަލާމަތް ކޮމްޕްރޮޕައިޒް ވާނެ އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)