5 މިލިއަން ގަހަށް ފެންދޭނެ 20 އުޅަނދު ހޯދަން އިޢުލާންކޮށްފި

މި ސަރުކާރުން ފެށި 5 މިލިއަން ގަސް މަޝްރުޢޫއަށް 20 ފެންދޭ އުޅަނދު ހޯދަން އެންވާރަމެންޓް މިނިސްޓްރީން އިއުލާންކޮށްފިއެވެ.
މިނިސްޓްރީން ގެޒެޓުގައި ކުރި އިއުލާނެއްގައި ވަނީ މި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު އަރުވާފައެވެ. މިކަމަށް ޝައުގުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ ގޮތުން އެޓޭޗްކޮށްފައިވާ "ޓާރމްސް އޮފް ރެފަރެންސް" ގައި ބަޔާންކޮށްފައިވާ މައުލޫމާތުތައް ހުށަހަޅަންވާނެ ކަމަށް އިއުލާނުގައިވެ އެވެ.
މަޝްރޫޢުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 8000 (އަށް ހާސް) ދިވެހި ރުފިޔާ ހުށަހަޅަން ޖެހޭނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން ފެށިގެން 120 ދުވަހެވެ.
ބީލަން ހުށަހެޅުމަށް ޝައުގުވެރިވާ ފަރާތްތަކުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ގައި ރެޖިސްޓަރ ކުރަންވާނެއެވެ. ރެޖިސްޓްރޭޝަން ކުރިއަށް ދާނީ ގެޒެޓް ކުރެވޭ ދުވަހުން ފެށިގެން 2026 އޮކްޓޫބަރު 7 ވާ ބުދަ ދުވަހުގެ 12:00 މިނެޓުގެ ކުރިން އީމެއިލް މެދުވެރިކޮށް tenders@environment.gov.mv އަށެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރާއިރު، ތިރީގައިވާ މަޢުލޫމާތު ފުރިހަމަ ކުރުމަށް މިނިސްްޓްރީން ވަނީ އެދިފައެވެ.
ރާއްޖެ ފެހިކުރުމަށް ސަރުކާރުން ފަށާފައިވާ މި ބޮޑު މަޝްރޫޢުގެ ދަށުން، މި އަހަރުގެ މިހާތަނަށް ވަނީ 2.3 މިލިއަން ގަސް އިންދާފައެވެ. މީގެއިތުރުން، މި ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖޭގެ 20 ރަށެއްގައި ގަސް ހައްދާ ނާސަރީތައް ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ބާރަށް ކުރިއަށް އެބަދެއެވެ. މި މަޝްރޫއު ފަށާފައިވަނީ 2024 ވަނަ އަހަރުގެ ޖޫން 5 ގައި ފާހަގަކުރި ބައިނަލްއަގްވާމީ ތިމާވެށްޓާ ބެހޭ ދުވަހުގައެވެ. މި މަޝްރޫއުގެ ދަށުން މި ސަރުކާރުގެ ދައުރު ނިމުމުގެ ކުރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ބާވަތުގެ ގަސްތައް އިންދުމަށް ހަމަޖެހިފައިވެ އެވެ.
އިތުރަށް





.gif.gif&w=828&q=100)