logologologologo
STO
ޚަބަރު

ހުޅުމާލޭގައި ހިމެނޭ ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ތަރައްޤީ ކުރަން ނިންމައިފި!

ހުޅުމާލޭގައި ހިމެނޭ ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ތަރައްޤީ ކުރަން ނިންމައިފި!
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 މޭ 14

ހުޅުމާލޭގެ ބައެއްގެ ގޮތުގައި ހިމެނޭ ފަރުކޮޅުފުށީގައި ގްރީން ނާސަރީއެއް ތަަރައްޤީކޮށް ހިންގުމަށް ތިމާވެށްޓާބެހޭ ވުޒާރާއާއި ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން، އެޗްޑީސީއާ ދެމެދު އެމްއޯޔޫއެއްގައި މިއަދު ސޮއިކޮށްފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގައި ހިމެނޭ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް ބޭނުންވާ ގަސް ހެއްދުމަށް ގާއިމުކުރާ ނާސަރީއެއް ކަމަށް އެޗްޑީސީން ބުންޏެވެ.

އަދި އެ ވުޒާރާއިން އެތަން ތަރައްޤީ ކުރިޔަސް ނާސަރީގެ އޮޕަރޭޝަންގެ ހުރިހާ ކަމެއް ކުރާނީ އެޗްޑީސީގެ ދަށުން ކަމަށް ތިމާވެށްޓާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

View post on Twitter

 

އެޗްޑީސީން ބުނީ ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަށް އެއްބާރުލުން ދިނުމަށް އެޗްޑީސީން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށާ އޭގެ ތެރޭގައި އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ ރަށްތައް ފެހިކުރުމާއެކު އެއް މިލިއަން ގަސް އެ ކުންފުނިން އިންދުން ހިމެނޭ ކަމަށެވެ.

އެޗްޑީސީން އިންދާ އެއް މިލިއަން ގަސް އިންދާނީ ހުޅުމާލެ އާއި ރަސްމާލެ އާއި ކުޑަގިރި އަދި ތިލަފުއްޓާއި ގުޅީފަޅުގައި ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް