މެލޭޝިއާގައި ނިޔާވި ދަރިވަރުގެ އާއިލާއިން މާލީ އެހީތެރިކަމަށް އެދިއްޖެ

މެލޭޝިއާގައި ރޭ ހިނގާދިޔަ ހިތާމަވެރި އެކްސިޑެންޓެއްގައި ކުއްލި ގޮތަކަށް ނިޔާވި، އުމުރުން 22 އަހަރުގެ އާމިނާ އިމިލީ ނާޒިމްގެ އާއިލާއިން، އާންމުންގެ ފަރާތުން މާލީ އެހީތެރިކަމަށް އެދިއްޖެއެވެ.
މިކަމާ ގުޅޭގޮތުން އެ އާއިލާއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ އިމިލީގެ މަރުގެ މައްސަލަ ތަޙުޤީޤުކުރުމަށް 10 ދުވަހާއި 15 ދުވަހާ ދެމެދުގެ މުއްދަތެއް ހޭދަވާނެތީ، އާއިލާއިން ކޮންމެހެންވެސް މެލޭޝިއާއަށް ދާން ހަމަޖެހިފައިވާތ ކަމަށެވެ. އެގޮތުން މެލޭޝިއާއަށް ދިޔުމަށާއި، އެތަނުގައި ތިބުމާއި، ކެއުންބުއިމުގެ ޚަރަދުތައް ހަމަޖެއްސުމަށް ބޮޑު ޚަރަދެއް ހިނގާނެތީ އެވަރުގެ މާލީ ތަނަވަސްކަމެއް އާއިލާގައި ނެތުމުން ދީލަތި އެހީތެރިކަމަށް އެދޭކަމަށް އެ ޕޯސްޓުގައިވެއެވެ.
ޢާއިލާއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ތަފުޞީލުތައް ތިރީގައި އެވަނީއެވެ؛
- އެކައުންޓް ނަންބަރު: MVR 7708144163001
އެކައުންޓް ނަން: ޒީނަތު ލަބީބު (ބޮޑުދައިތަ)
2. އެކައުންޓް ނަންބަރު: USD 7730000676326
އެކައުންޓް ނަން: މުޙައްމަދު ނާޒިމް (ބައްޕަ)
ގުޅޭނެ ފޯނު ނަންބަރު: 7987798
އާއިލާއަށް ދިމާވެފައިވާ މި ދަތި ހާލަތުގައި ކުޑަ އެހީތެރިކަމަކީވެސް ބޮޑު ތަސައްލީއެއްކަން އެ އާއިލާއިން ފާހަގަކުރެއެވެ.
އުމުރުން 22 އަހަރުގެ އިމީލީ ނިޔާވީ މޯލްއަކުން ވިޔަފާރިކޮށްގެން ގެއަށް ދިޔަ މަގުމަތީގައި ހަވީރުގެ ވަގުތެއްގައި ހިނގި އެކްސިޑެންޓެއްގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ.
އިތުރަށް





.gif.gif&w=828&q=100)