ޚަބަރު
މެލޭޝިއާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެ

ޒައުޖަތު އަޙުމަދު2026 އޮކްޓޯބަރު 04
މެލޭޝިއާގައި ހިނގި ކާރު އެކްސިޑެންޓެއްގައި ދިވެއްސަކު ނިޔާވެއްޖެއެވެ.
މިއަދު ހަވީރު ދެ ކާރު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ނިޔާވެފައިވަނީ މެލޭޝިއާގައި ތައުލީމް ހާސިލް ކުރަމުން އަންނަ އަންހެން ދަރިވަރެކެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ނިޔާވި ދަރިވަރު ނިސްބަތްވަނީ އައްޑޫ ސިޓީއަށެވެ.
މި އެކްސިޑެންޓު ހިނގީ ކުއަލަލަމްޕޫރުން ވިޔަފާރި ކުރުމަށް ފަހުގައި ޕެނަންގް އަށް ދިޔަ މަގުމަތީގައި ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
ނިޔާވި ދަރިވަރުގެ ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބުނުއިރު، އެ ދަރިވަރު މިރޭ ނިޔާވީ ހޮސްޕިޓަލްގައި ފަރުވާ ހޯދަނިކޮށް ކަމަށްވެއެވެ.
މި އެކްސިޑެންޓްގައި ކާރު ތެރޭގައި އިން އިތުރު ދިވެއްސަކުގެ ޙާލު ވެސް ސީރިއަސް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
އިތުރަށް

މެލޭޝިއާ އެކްސިޑެންޓް: ޓެކްސީ ދުއްވަން އިން މީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް!
6 އޮކްޓޯބަރު 2026

މެލޭޝިއާގައި ނިޔާވި ދަރިވަރުގެ އާއިލާއިން މާލީ އެހީތެރިކަމަށް އެދިއްޖެ
5 އޮކްޓޯބަރު 2026

މެލޭޝިޔާގައި ތިބި ރޮހިންޔާ ރެފިއުޖީންގެ 1,500 އެއްހާ މީހުން މިއަންމާއަށް ފޮނުވާލައިފި
4 އޮކްޓޯބަރު 2026

މަހާތީރުގެ އަނބިކަނބަލުން އަވަހާރަވުމުން ރައީސް ތަޢުޒިޔާ ފޮނުއްވައިފި
28 ސެޕްޓެމްބަރު 2026

.gif.gif&w=828&q=100)