އިންޑޯ ކުޅިވަރުގެ ދަތިތަކަށް ހައްލު ހޯދައިދޭން 27 އިންޑޯ ކޮމްޕްލެކްސް އިމާރާތްކުރާނަން: މިނިސްޓަރު ރާފިއު

ރާއްޖޭގައި އިންޑޯ ކުޅިވަރުތައް ކުޅުމަށް ދިމާވެފައިވާ 30 އަހަރަށްވުރެ ގިނަ ދުވަސްވީ ޖާގައިގެ ތަކުލީފުތަކަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން މުޅި ރާއްޖޭގައި 27 އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އިމާރާތްކުރުމުގެ މަޝްރޫއެއް ކުރިއަށްދާކަން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ހާމަކުރައްވައިފިއެވެ.
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އިންތިޒާމުކޮށްގެން ބޭއްވި "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، މުޅި ރާއްޖެއާއި މާލެ ސަރަހައްދަށް ބެލިނަމަވެސް، މަލްޓި ޕާޕަސް އިންޑޯ ކޮމްޕްލެކްސްއެއްގެ ގޮތުގައި ފާއިތުވި 33 އަހަރު ބޭނުންކުރަމުން އައީ މާލޭގައި ހުންނަ ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލް އެކަނި ކަމަށެވެ. އެ ސަބަބާހުރެ އެކި ކުޅިވަރު އެސޯސިއޭޝަންތަކުން އަހަރުގެ އެކި ދުވަސްތަކަށް ގަޑިތައް ބަހާލައިގެން އެ ތަން ބޭނުންކުރަން ޖެހުމުން ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލަކީ ވޮލީބޯޅަ، ބާސްކެޓްބޯޅަ އަދި ނެޓްބޯޅަ ފަދަ ކުޅިވަރުތަކުން ދާއިމީކޮށް ބޭނުންކުރާ ތަނެކެވެ. މީގެއިތުރުން، ބައިނަލްއަޤްވާމީ މުބާރާތްތައް ބޭއްވުމަށް ޓޭބަލް ޓެނިސް (ޓީޓީ)، ބޮޑީބިލްޑިންގ އަދި ކެރަމް އެސޯސިއޭޝަނުންވެސް އެ ހޯލުގެ ބޭނުން ހިފަމުންދެއެވެ. މިނިސްޓަރު ވިދާޅުވީ، އަލަށް ގާއިމުކުރެވޭ 27 ކޮމްޕްލެކްސްގެ ސަބަބުން ކުޅިވަރު މުބާރާތްތައް ތަފާތު ގަޑިތަކަށް ބަހާލައިގެން އަމާންކަމާއެކު ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.
މާލެ ސަރަހައްދުގެ ތަރައްގީއަށް އަލިއަޅުވާލައްވަމުން މިނިސްޓަރު ވިދާޅުވީ، ހުޅުމާލެ ފޭސް 1، ފޭސް 2 އަދި ވިލިމާލޭގައިވެސް ޒަމާނީ އިންޑޯ ކޮމްޕްލެކްސްތައް އިމާރާތްކުރަން ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލެ ފޭސް 2 ގެ އިންޑޯ ކޮމްޕްލެކްސްގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ހުރިހާ ސްޕޯޓްސް ކޮމްޕްލެކްސްތަކެއްވެސް ފަރުމާކުރެވިގެންދާނީ ފިޓްނަސް ޖިމްތަކާއެކު، އެތުލީޓުންނަށް ބޭނުންވާ ފުރިހަމަ ވަސީލަތްތައް ހިމެނޭގޮތަށް ކަމަށް ވަޒީރު ރާފިއު ވިދާޅުވިއެވެ.
އިތުރަށް





.gif.gif&w=828&q=100)