logologologologo
STO
ޚަބަރު

މ. މަޑުއްވަރީގައި ތަރައްޤީކުރި އައުޓްޑޯ ވޮލީ ކޯޓް، ވަޒީރު ރާފިޢު ހުޅުވައިދެއްވައިފި

މ. މަޑުއްވަރީގައި ތަރައްޤީކުރި އައުޓްޑޯ ވޮލީ ކޯޓް، ވަޒީރު ރާފިޢު ހުޅުވައިދެއްވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 29

މ. މަޑުއްވަރީގައި މުޅިން އަލަށް ތަރައްގީކުރި އައުޓްޑޯ ވޮލީ ކޯޓް ހުޅުވައިފިއެވެ.

މަޑުއްވަރީގައި ރޭ އޮތް ރަސްމިއްޔާތެއްގައި މި ވޮލީ ކޯޓް ހުޅުވައިދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް ޢަބްދުﷲ ރާފިޢުއެވެ.

ވޮލީކޯޓް ހުޅުވުމަށް އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ރާފިޢު ވިދާޅުވީ، އެންމެ ބޮޑު އުއްމީދަކީ މަޑުއްވަރީގައި ހުޅުވުނު ވޮލީކޯޓްގެ ސަބަބުން ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ރާއްޖެ ތަމުސީލުކުރާނެ މޮޅެތި ވޮލީ ކުޅުންތެރިންތަކެއް މަޑުއްވަރީން އުފެދިގެން ދިއުން ކަމަށެވެ.

ރަށުގެ އެންމެހާ ރައްޔިތުންވެސް މި ވޮލީކޯޓްގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ޒިންމާދާރު ކަމާއެކު ހިފުމަށް ރާފިޢު އެދިވަޑައިގެންނެވިއެވެ.

"އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރާ އެއް ހަގީގަތަކީ ކުޅިވަރަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ކުޅޭ އެއްޗެއް ނޫންކަން. ކުޅިވަރަކީ މުޖުތަމައުގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަން ދަމަހައްޓައިދޭ، އަހުލާގާ ސުލޫކު ރަނގަޅުކޮށްދޭ އަދި މުޖުތަމައުގެ އެއްބައިވަންތަކަން އާލާކޮށްދޭ މުހިންމު ވަސީލަތެއް" ވަޒީރު ރާފިއު ވިދާޅުވިއެވެ.

ސަރުކާރުން އަބަދުވެސް ތިބޭނީ ރައްޔިތުންގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއްވެސް ކުރުމުގައި ސާބިތުކަމާއެކު ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވޮލީ ކޯޓު ހުޅުވުމަށްފަހު އެކުވެރިކަމުގެ ވޮލީ މެޗެއްވެސް ރޭ ވަނީ ކުޅެފައެވެ.

އަތޮޅުތެރޭގެ އެކި ރަށްރަށުގައި ވޮލީ ކޯޓުތައް ތަރައްގީ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން މިހާރުވެސް 10 ރަށެއްގައި ވޮލީ ކޯޓު ހެދުމުގެ މަސައްކަތް ކުރިއަށް ދާކަމަށް ކުޅިވަރާބެހޭ ވުޒާރާއިން ބުންޏެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް