logologologologo
STO
ކުޅިވަރު

200 އަށްވުރެ ގިނަ ކުޅުންތެރިންނާއެކު ކެރަމް ވޯލްޑް ކަޕް މިއަހަރު ރާއްޖޭގައި

 200 އަށްވުރެ ގިނަ ކުޅުންތެރިންނާއެކު ކެރަމް ވޯލްޑް ކަޕް މިއަހަރު ރާއްޖޭގައި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2025 ސެޕްޓެމްބަރު 01

ކެރަމް ވޯލްޑް ކަޕް މިއަހަރު ރާއްޖޭގައި ބާއްވަނީ 200 އަށްވުރެ ގިނަ ކުޅުންތެރިންނާއެކުގައި ކަމަށް ކުޅިވަރާބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިކަން ހާމަ ކުރެއްވީ ރާއްޖޭގައި ކެރަމް ވޯލްޑް ކަޕް މި އަހަރުގެ ޑިސެމްބަރުގައި ބާއްވާނެކަން އިޢުލާނު ކުރުމަށް މިއަދު މެންދުރުފަހު ބޭއްވި ނޫސް ކޮންފަރެންސެއްގައެވެ.

ވަޒީރު ވިދާޅުވީ މި އަހަރުގެ ކެރަމް މުބާރާތް ރާއްޖޭގައި ބާއްވަން ހަމަޖެހިފައިވާއިރު، އެ މުބާރާތުގައި 20 އަށްވުރެ ގިނަ ޤައުމުން 200 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވާނެ ކަމަށެވެ.

މީ ކެރަމް ވޯލްޑް ކަޕް 7 ވަނަ މުބާރާތެވެ. ކެރަމް ވޯލްޑް ކަޕް ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައި ވާއިރު، މި މުބާރާތް ބާއްވާނީ ޑިސެމްބަރު މަހުގެ 2ން 6 އަށެވެ.

ވަޒީރު ވިދާޅުވީ މިހާތަނަށް މި މުބާރާތް އެއްވެސް ޤައުމެއްގައި ނުބާއްވާ ފެންވަރަށް މިފަހަރުގެ މުބާރާތް ބޭއްވުމަކީ ރާއްޖޭގެ އަމާޒެއްކަމަށާ އެކަމަށްޓަކައި ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ފަހަރުގެ މުބާރާތަކީ ކެރަމް ވޯލްޑް ކަޕްގައި އެންމެ ގިނަ ކުޅުންތެރިން ބައިވެރިވާ ފަހަރުކަން ވެސް ވަޒީރު ރާފިޢު ފާހަގަ ކުރެއްވިއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް