logologologologo
STO
ކުޅިވަރު

އެކުވެރިކަމުގެ ދެވަނަ މެޗުގައި ރާއްޖެއާއި ކިރްގިސްޠާން މިރޭ ކުރިމަތިލަނީ

އެކުވެރިކަމުގެ ދެވަނަ މެޗުގައި ރާއްޖެއާއި ކިރްގިސްޠާން މިރޭ ކުރިމަތިލަނީ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 28

ފީފާގެ ބައިނަލްއަޤްވާމީ ބްރޭކުގައި ދިވެހިރާއްޖެއިން ކުޅޭ އެކުވެރިކަމުގެ ދެވަނަ މެޗުގައި މިރޭ ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ނުކުންނާނީ ވަރުގަދަ ކިރްގިސްޠާނާ ދެކޮޅަށެވެ. ކިރްގިސްޠާނުގެ ދަނޑުގައި ކުޅޭ މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭ ގަޑިން މިރޭ އިރާކޮޅު 19:00 ގައެވެ.

މި ބްރޭކުގައި ރާއްޖެއިން ތިން މެޗު ކުޅުމަށް ތާވަލުކޮށްފައިވާއިރު، ފުރަތަމަ މެޗުގައި މި މަހުގެ 24 ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅެ ރާއްޖެ ވަނީ 0-3 ގެ ނަތީޖާއަކުން ބަލިވެފައެވެ. މިރޭގެ މެޗަކީ ބައިނަލްއަޤްވާމީ މައިދާނުގައި ދިވެހިރާއްޖެއާއި ކިރްގިސްޠާން ވާދަކުރާ ފަސްވަނަ ފަހަރެވެ. ކުރިން ކުޅުނު ހަތަރު މެޗުގެ ތެރެއިން ކޮންމެ ޓީމެއްވެސް ވަނީ ދެ މެޗު ކާމިޔާބުކޮށްފައެވެ.

ދެ ޓީމުގެ ތާރީޚަށް ބަލާއިރު، އެންމެ ފުރަތަމަ ބައްދަލުކުރީ 1997 ވަނަ އަހަރުގެ ޖޫން މަހު ކުޅުނު ވޯލްޑް ކަޕް ކޮލިފައިންގައެވެ. އެ ދެ މެޗުން ކިރްގިސްޠާން މޮޅުވި ނަމަވެސް، އޭގެ ފަހުން 2011 އާއި 2014 ވަނަ އަހަރު ކުޅުނު ދެ މެޗުން މޮޅުވީ ރާއްޖެއެވެ. ފާއިތުވި އަހަރުތަކުގައި ކިރްގިސްޠާން ފުޓުބޯޅައިގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާއިރު، ރާއްޖޭގެ ފުޓުބޯޅައަށް ވަނީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައެވެ.

ނަމަވެސް، އެފްއޭއެމްގެ އައު މެނޭޖްމަންޓުން ދިވެހި ފުޓުބޯޅައިގެ ހާލަތު ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މި ބްރޭކުގައި ރާއްޖެއަށްވުރެ ރޭންކިންގ މަތީގައިވާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ކުޅެ މުހިންމު ތަޖުރިބާތަކެއް ހޯދައިދިނުމަށް ވަނީ އިސްކަންދީފައެވެ. މިރޭ ރާއްޖެއާ ދެކޮޅަށް ނުކުންނަ ކިރްގިސްޠާނަކީ ފީފާ ރޭންކިންގގެ 106 ވަނައިގައި އަދި އޭޝިއާ ސަރަހައްދުގެ 19 ވަނައިގައި އޮތް ޓީމެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް