އަންނަ އަހަރުގެ މެއި މަހަށް ދާއިރު ބިދޭސީންގެ މައްސަލަ %100 ހައްލު ކުރެވޭނެ: އިހުސާން

އަންނަ އަހަރުގެ މެއި މަހަށް ދާއިރު ބިދޭސީންގެ މައްސަލަ %100 ހައްލު ކުރާނެ ކަމުގެ ޔަގީންކަން ދާހިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާން ދެއްވައިފިއެވެ.
ސަރުކާރުން ބާއްވަމުން އަންނަ "އަހާ ފޯރަމް" ގެ ތެރެއިން އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު އިހުސާން ވިދާޅުވީ، ނިމިދިޔަ ސަރުކާރުން ދޫކޮށްލާފައިވާ 295،000 ބިދޭސީންގެ ރެކޯޑްތަކުގެ ތެރެއިން ފިންގަޕްރިންޓާއި ފޮޓޯ އައިޑީ ހެދިފައިވަނީ އެންމެ 22،000 މީހުންގެ ކަމަށެވެ. އެއާއެކު ބާކީ ތިބި 270،000 ބިދޭސީންނަކީ، އެމީހުންގެ އަތުގައި ފިޒިކަލް އައިޑީއެއް ނެތް ހާލަތެއްގައި ކާކުކަން ދައުލަތުގެ ނިޒާމުގެ ތެރެއިން ދެނެގަންނާނެ ގޮތެއް ނެތި ދޫވެފައި ތިބި މީހުން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މި ސަރުކާރުން އިސްނަގައިގެން ފެށި "ކުރަނގި އޮޕަރޭޝަން" ގެ ދަށުން އެންމެ ފުރަތަމަ އިސްކަމެއް ދިނީ ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދު ދެނެގަތުމަށާއި އެމީހުންގެ ބަޔޯމެޓްރިކްސް ނެގުމަށް ކަމަށް އިހުސާން ވިދާޅުވިއެވެ. އެގޮތުން މިހާތަނަށް 263،000 ބިދޭސީންގެ މައުލޫމާތު %100 ކަށަވަރުކުރެވިފައިވާ ކަމަށާއި، ރާއްޖޭގައި މިވަގުތު ތިބި ބިދޭސީންގެ %95 މީހުންގެ ބަޔޯމެޓްރިކްސް ވަނީ ނެގިފައެވެ. ބާކީ ހުރި %4 މީހުން މިވަގުތު ރާއްޖޭގައި ނެތްއިރު، އަލަށް ބަޔޯމެޓްރިކްސް ނަގަން ޖެހެނީ އެންމެ %1 މީހުންގެއެވެ. މިއީ ސިންގަޕޫރާއި ޔޫއޭއީ ފަދަ ކުރިއަރާފައިވާ ގައުމުތަކެކޭ އެއްފަދައިން %1 ގެ ތްރެސްހޯލްޑެއްގައި ބިދޭސީންގެ ބަޔޯމެޓްރިކްސް އައިޑެންޓިފައި ކުރެވޭ ގައުމަކަށް ރާއްޖެ ވެގެންދިޔަ ކަމެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި އިމިގްރޭޝަނާއި، ފޮރިން ލޭބާ ޑިޕާޓްމެންޓުގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކުން ކުރި ބުރަ މަސައްކަތުން މި ކާމިޔާބީ ހާސިލުވެފައިވާއިރު، މިހާރު ވަނީ މި އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި ފަށާފައެވެ. މި ފިޔަވަހީގެ މައިގަނޑު އަމާޒަކީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، ގަވާއިދާ އެއްގޮތަށް އުޅޭ މީހުން ވަކިކޮށް ދެނެގަތުމެވެ.
އެގޮތުން، ކާކުކަން އެނގި ބަޔޯމެޓްރިކްސް ދީފައި ހުރިނަމަވެސް ވިސާ ފީ ނުދައްކާ އުޅޭ މީހުންނާއި، ވިސާ ފީ ދެއްކުމަށްފަހު އައިސް އުޅޭ މަސައްކަތް ނޫން އެހެން ކަންކަމުގައި އުޅޭ ބިދޭސީން ހިފަހައްޓައި ރާއްޖެއިން ފޮނުވާލުމުގެ ފިޔަވަޅުތައް މިހާރު ވަނީ ފަށާފައެވެ.
އަންނަ އަހަރުގެ މެއި މަހާ ހަމައަށް މުޅި އޮޕަރޭޝަން އެއްކޮށް ނިންމާލުމަށް ޓާގެޓް ކުރެވިފައިވާކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، އޮޕަރޭޝަން ނިމޭއިރު ރާއްޖޭގެ ބިދޭސީ އާބާދީގެ މައްސަލަ ތަރުތީބުވެގެންދާނީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ބަލައިގަންނަ މިންގަނޑަށް %100 ހައްލުލިބިގެން ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)