logologologologo
STO
ދުނިޔެ

ހަނގުރާމަ ހުއްޓާލާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމުގެ ޕްލޭނަށް ޓްރަންޕް ދެކޮޅު ހަދައިފި

ހަނގުރާމަ ހުއްޓާލާ ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމުގެ ޕްލޭނަށް ޓްރަންޕް ދެކޮޅު ހަދައިފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 26

ދުނިޔޭގެ ވިޔަފާރިއާއި ހަކަތައިގެ ބާޒާރަށް ނުހަނު މުހިންމު މަގެއް ކަމަށްވާ ހޮރްމޫޒް ކަނޑުއޮޅި އާންމު ދަތުރުފަތުރަށް ހުޅުވާލުމަށް އީރާނުން ހުށަހެޅި ހަތް ދުވަހުގެ ޕްލޭން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގަބޫލުނުކުރައްވައި ދެކޮޅުހައްދަވައިފިއެވެ.

އީރާނުން މި ޕްލޭން ހުށަހެޅީ އެމެރިކާއިން އެ ގައުމުގެ ބަނދަރުތަކަށް ކުރިމަތިކޮށްފައިވާ ކަނޑުގެ ބްލޮކޭޑް އުވާލުމަށާއި، ތެލުގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމުގެ އިތުރުން، ނިއުކްލިއާ ވާހަކަތައް އަލުން ފެށުމަށް ޝަރުތުކުރުމަށްފަހުއެވެ. އެމެރިކާއާއި އިޒްރޭލާ ދެކޮޅަށް ހިންގި އަސްކަރީ ކުރިމަތިލުންތަކަށްފަހު އީރާނުން ވަނީ މި ކަނޑުއޮޅީގެ ކޮންޓްރޯލް ނަގާފައެވެ. މިއާއެކު އެމެރިކާގެ އަސްކަރިއްޔާއަށް ވަނީ ވިޔަފާރި އުޅަނދުތަކަށް ހިމާޔަތްދީގެން އެ ސަރަހައްދުން ދަތުރުކުރަން މަޖުބޫރުވެފައެވެ.

ބައިނަލްއަގްވާމީ ޚަބަރު ފަތުރާ ވަސީލަތްތައް ކަމަށްވާ ވޯލް ސްޓްރީޓް ޖާނަލް އަދި ރޮއިޓާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އދ. ގެ އާންމު މަޖިލީހުގެ ހަވާސާގައި ނުސީދާކޮށް ކުރިއަށްދިޔަ މަޝްވަރާތައް މިހާރު ވަނީ ހުއްޓުމަކަށް އައިސްފައެވެ. އީރާނުގެ އޮފިޝަލުން އަލްޖަޒީރާއަށް މަޢުލޫމާތު ދެއްވި ގޮތުގައި، އެމެރިކާއިން އަޅާފައިވާ އިގްތިސާދީ އަދި އަސްކަރީ ހުރަސްތައް ނައްތާލަން ފެށުމުން، ހަތްވަނަ ދުވަހުގެ ނިޔަލަށް ކަނޑުއޮޅި އެއްކޮށް ހުޅުވާލަން އީރާން އޮތީ ތައްޔާރަށެވެ.

ނަމަވެސް، ރައީސް ޓްރަމްޕް ވަނީ ފުރިހަމަ އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އީރާނުގެ އިގްތިސާދު އިތުރަށް ހަލާކުވެގެން ހިނގައިދާނެކަމުގެ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. އަދި މި މުހިންމު ކަނޑުއޮޅީގެ އިދާރީ ކޮންޓްރޯލް ނުވަތަ ދަތުރުކުރާ އުޅަނދުތަކުން ފީ ނެގުމުގެ ދާއިމީ ބާރު އީރާނަށް ދޫކޮށްނުލާނެ ކަމަށްވެސް އެމަނިކުފާނު ސާފުކޮށް ވިދާޅުވިއެވެ.

ގަލްފްގެ އަވަށްޓެރި ގައުމުތަކުންވެސް ވަނީ ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން ފީއެއް ނެގުމަށް އީރާނުން ކުރާ މަސައްކަތާ ދެކޮޅު ހަދާފައެވެ. އަދި ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ދާއިމީ ހައްލެއް ހޯދުމުގެ ބަދަލުގައި، މިފަދަ މުހިންމު ކަނޑުގެ މަގެއް ސިޔާސީ އުކުޅެއްގެ ގޮތުގައި ބޭނުންކުރާތީ އެ ގައުމުތަކުން ވަނީ ބޮޑު ކަންބޮޑުވުމެއް ފާޅުކޮށްފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް