logologologologo
STO
ޚަބަރު

މާދަމާ ރޭ އޮލިމްޕަހުގައި “ދެވި” ހިފާލަން ތައްޔާރުވެއްޖެ

މާދަމާ ރޭ އޮލިމްޕަހުގައި “ދެވި” ހިފާލަން ތައްޔާރުވެއްޖެ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 25

ދިވެހި ސިނަމާއަށް އާ ރޫޙެއް ގެނެސްދޭނެ ކަމަށް ބެލުންތެރިން ބޮޑު އުއްމީދެއް ކުރަމުންދާ ދިވެހި ފިލްމު "ދެވި" މާދަމާރޭ އޮލިމްޕަސް ސިނަމާގައި ޕްރިމިއަރ ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެއެވެ.

މާދަމާރޭ މި ފިލްމު ޕްރިމިއަރ ކުރުމަށް ތައްޔާރުވަމުންދާއިރު، ސިނަމާގައި ފިލްމު ދެއްކުމަށް މިހާތަނަށް ހުޅުވާލި ގިނަ ޝޯތަކުގެ ޓިކެޓް ވަނީ މުޅިން ހައުސްފުލްވެފައެވެ.

"ދެވި" ގެ މައިގަނޑު ތީމު ބިނާވެފައިވަނީ މާޒީގެ ސަފުޙާތަކުން ކުރިމަތިލާންޖެހޭ ދެ ރޫޙެއްގެ ވަރުގަދަ ގުޅުމުގެ މައްޗަށެވެ. ފިލްމުގެ ޕްރޮމޯޝަނަލް ޓެގްލައިންގައިވާ ގޮތުން، ބައެއް ރޫޙުތައް ހަށިގަނޑު ދޫކޮށް ދިޔަޔަސް، ފުރާނައާއި ފުރާނައިގެ ގުޅުން އެއްކޮށް ވަކިވެގެނެއް ނުދެއެވެ. ފިލްމުގެ ވާހަކައިން ދައްކުވައިދެނީ މަޝްހޫރު އެކްޓްރެސް އައްޒަގެ އާއިލާއަށް ދިމާވާ ރޫޙާނީ ނުރައްކާތެރި ކަންތައްތަކަކުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކެކެވެ. މިއީ އައްޒަގެ ކާމިޔާބު ފިލްމީ ކެރިއަރުގައި ފާހަގަކޮށްލެވޭނެ ވަރަށް މުހިންމު މޭލުގަލަކަށް ވެގެންދާނެ ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ.

ދިވެހި ސިނަމާއަށް އާ ރޫޙެއް ގެނެސްދޭނެ ކަމަށް ބެލުންތެރިން ބޮޑު އުއްމީދެއް ކުރަމުންދާ ދިވެހި ފިލްމު "ދެވި" މާދަމާރޭ އޮލިމްޕަސް ސިނަމާގައި ޕްރިމިއަރ ކުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވެއްޖެއެވެ.

މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން ހާޒިމް (ސޭންޑީ) އެވެ. އަދި ފިލްމުގެ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވަނީ ސޭންޑީ އާއި ޝަހުދާ ގުޅިގެންނެވެ.

ޓެކްނިކަލް ގޮތުން ބަލާއިރު މިއީ ދިވެހި ސިނަމާގައި މިހާތަނަށް ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތް ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ހައުސްއިން ބުނެއެވެ. ޚާއްސަކޮށް ފިލްމުގެ ޕޯސްޓް-ޕްރޮޑަކްޝަން އަދި ވީއެފްއެކްސް (VFX) މަސައްކަތްތަކަކީ ވަރަށް ފެންވަރު ރަނގަޅު މަސައްކަތްތަކެއްކަން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، ފިލްމުގެ އެކްޝަން މަންޒަރުތައް ފުރިހަމަކުރުމުގައި އެމް.އެން.ޑީ.އެފް ގެ އެސް.އޯ.ޖީ (ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް) ޓީމުގެ ބައިވެރިވުން ހިމެނިފައިވާތީ، މިއީ ބެލުންތެރިންނަށް މުޅިން އާ އަދި ޝައުގުވެރި ތަޖުރިބާއަކަށް ވެގެންދާނެއެވެ.

"ދެވި" ގެ ޓިކެޓް އޮލިމްޕަސް ޓިކެޓް ކައުންޓަރުން މިހާރު ވިއްކަމުންދާއިރު، އޮންލައިންކޮށް ޓިކެޓް ނެގުމަށް ބޭނުންވާ ފަރާތްތަކުން 7424544 ނަންބަރަށް ގުޅައިގެން ޓިކެޓް ބައްލަވައިގަނެވޭނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް