"މަޖުނޫން" ގެ ރަސްމީ ޓްރެއިލާ އާއި އޯޑިއޯ އަލްބަމް ލޯންޗުކުރުމުގެ ހަފްލާގައި 150 ސަޕޯޓަރުންނަށް ހިލޭ ބައިވެރިވުމުގެ ފުރުޞަތު!

ގިނަ ބައެއްގެ ބޮޑު އިންތިޒާރަކަށް ނިމުމެއް ގެނެސް، ދިވެހި ފިލްމު "މަޖުނޫން" ގެ އޮފިޝަލް ޓްރެއިލާ އާއި އޯޑިއޯ އަލްބަމް އިފްތިތާޙު ކުރުމުގެ ކުލަގަދަ ހަފުލާ މި ސެޕްޓެމްބަރު މަހުގެ 22 ވާ އާދީއްތަ ދުވަހުގެ ރޭ އޮލިމްޕަސް ސިނަމާގައި ބާއްވަން ނިންމައިފިއެވެ.
މި ޚާއްޞަ އިވެންޓުގައި ފިލްމުގެ ޓްރެއިލާ އާއި ލަވަތައް ރަސްމީކޮށް ލޯންޗުކުރުމުގެ އިތުރުން، ފޯރިގަދަ ލައިވް ސްޓޭޖް ހުށަހެޅުންތަކެއްވެސް ބެލުންތެރިންނަށް ފެނިގެންދާނެއެވެ. "މަޖުނޫން" ގެ ޓީމުން މައުލޫމާތު ދޭ ގޮތުގައި، މި އުފާވެރި ރޭ ފާހަގަކުރުމަށްޓަކައި ފިލްމުގެ ސަޕޯޓަރުންގެ ތެރެއިން ނަސީބުވެރި 150 ފަރާތަކަށް ހިލޭ މި އިވެންޓުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.
އިވެންޓުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެ ފަރާތެއްގެ ފޯނު ނަންބަރާއި ބައިވެރިވާ މީހުންގެ އަދަދު އެނގޭނެހެން "މަޖުނޫން" ގެ ފޭސްބުކް ޕޭޖަށް ނުވަތަ ހޮޓްލައިން 7844422 އަށް މެސެޖުކޮށްގެން ނަން ނޯޓު ކުރެވޭނެއެވެ. އިވެންޓް އިންތިޒާމުކުރާ ފަރާތުން ބުނި ގޮތުގައި، ކޮންމެ ފޯނު ނަންބަރަކަށް ބުކް ކުރެވޭނީ ގިނަވެގެން 2 މީހުންގެ ޖާގައެވެ.
މި ހަފުލާގެ ރެޑް ކާޕެޓް ހަރަކާތްތައް ސެޕްޓެމްބަރު 22 ގެ ރޭގަނޑު 20:30 ގައި ފެށޭއިރު، ރަސްމީ އިވެންޓް ފެށުމަށް ހަމަޖެހިފައިވަނީ 21:00 ގައެވެ. މި އިވެންޓުގެ ޑްރެސް ކޯޑެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ "80 ގެ ވައިބްސް" ނުވަތަ 80 ގެ އަހަރުތަކުގެ ފެޝަނެވެ. ނުވަތަ އަތުގައި އޮތް އެންމެ އަލިގަދަ، ކުލަގަދަ ހެދުމެއްގައި ބައިވެރިވުމަށްވެސް އިންތިޒާމުކުރާ ފަރާތުން އެދެއެވެ.
ފިލްމުގެ ޕްރޮޑިއުސަރު ފާތިމަތު ނަހުލާ ވަނީ ފިލްމަށް އާންމުންގެ ފަރާތުން ލިބެމުންދާ ތަރުހީބާއި އެއްބާރުލުމަށް ޝުކުރު އަދާކޮށް، 150 ޓިކެޓް ހިލޭ ދޫކޮށްލުމަށް ނިންމީ ވީހާވެސް ގިނަ ސަޕޯޓަރުންނަށް މި އުފަލުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ކަމަށް ބުނެފައެވެ. އެހެންކަމުން، ޖާގަ ފުރުމުގެ ކުރިން ވީހާވެސް އަވަހަށް ނަން ނޯޓު ކުރުމަށް "މަޖުނޫން" ގެ ޓީމުން އިލްތިމާސްކުރެއެވެ.
އިތުރަށް




.gif.gif&w=828&q=100)