logologologologo
STO
ޚަބަރު

"މަގޭ ބިޓުގެ ވެޑިންގ" ގެ ވަދާއީ ޝޯވ މި މަހުގެ 23 ގައި އޮލިމްޕަހުގައި ދައްކަނީ

"މަގޭ ބިޓުގެ ވެޑިންގ" ގެ ވަދާއީ ޝޯވ މި މަހުގެ 23 ގައި އޮލިމްޕަހުގައި ދައްކަނީ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 20

ޑާކް ރެއިން އެންޓަރޓެއިންމެންޓުގެ މަގޫބޫލު ލޯބީގެ ކޮމެޑީ ފިލްމު "މަގޭ ބިޓުގެ ވެޑިން" ގެ އެންމެފަހު އަދި ވަދާއީ ޝޯވ މި ސެޕްޓެމްބަރު މަހުގެ 23 ވާ ބުދަ ދުވަހުގެ ރޭ އޮލިމްޕަހުގައި ދެއްކުމަށް ނިންމައިފިއެވެ.

ޑާކް ރެއިންއިން އާންމުކުރި ޕޯސްޓަރެއްގައިވާ ގޮތުން، އެ ފިލްމުގެ އެންމެ ފަހު ޝޯވ އޮންނާނީ ބުދަ ދުވަހުގެ ރޭ 8:30 ގައެވެ. އަދި މި ޝޯވގެ ޓިކެޓު މިހާރު އަންނަނީ ހުއްޓުމެއްނެތި ވިއްކަމުންނެވެ. މި ސެޕްޓެމްބަރު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އޮލިމްޕަސް ސިނަމާގައި ދައްކަންފެށި މި ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ރާއްޖޭގެ އެކި އަތޮޅުތަކުގައިވެސް މި ފިލްމު އަންނަނީ އަޅުވަމުންނެވެ.

މުހައްމަދު އަލީ (މޮގާ) އާއި އައިޝަތު ފުއާދު އަދި ކައިލީން މުހައްމަދު އަލީ ގުޅިގެން އުފައްދާފައިވާ މި ފިލްމުގެ ލީޑު ރޯލުތަކުން ފެނިގެންދަނީ ޝަރަފް އަބްދުﷲ (ޝަރަފް)، ފާތިމަތު ރާޔާ އަބްދުﷲ، ޝާފިއު އިބްރާހީމް (ފުބޫ)، ޝީލާ ނަޖީބް އަދި އަހުމަދު ސައީދެވެ. މީގެއިތުރުން ހާޒިފް މުހައްމަދު، އާމިނަތު ނޫރާ އަދި އަބްދުﷲ ޒަލީޝާންވެސް މި ފިލްމުގެ މުހިންމު ރޯލުތަކުން ފެނިގެންދެއެވެ.

ޝަހުދާ މަހްމޫދު (ޝަހޫ) ލިޔެ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ސިނަމަޓޯގްރަފީ އަހުމަދު ޒިފާފް (ޒިއްޕެ) ތައްޔާރުކޮށްފައިވާއިރު، ފިލްމުގެ އެޑިޓިންގ ހަދާފައިވަނީ ކުޅަދާނަ ޑައިރެކްޓަރު އަދި އެޑިޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ. މި ފިލްމުގެ ވަދާއީ ޝޯވގެ ޓިކެޓު އޮލިމްޕަސް ކައުންޓަރުގެ އިތުރުން، ޑާކް ރެއިންގެ ހޮޓްލައިން 9911229 މެދުވެރިކޮށްވެސް ބުކް ކުރެވޭނެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް