logologologologo
STO
ޚަބަރު

މަޖުނޫނުގެ ޓްރެއިލާ ވަރަށް ތަފާތު، ޓިކެޓް އަވަހަށް ބުކް ކޮށްލާ!

މަޖުނޫނުގެ ޓްރެއިލާ ވަރަށް ތަފާތު، ޓިކެޓް އަވަހަށް ބުކް ކޮށްލާ!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ސެޕްޓެމްބަރު 23

ދިވެހި ސިނަމާގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފިލްމީ އުފެއްދުންތެރިޔާ ފާތިމަތު ނަހުލާ (ނަހޫ)ގެ ކްރިސްޓަލް އެންޓަޓެއިންމެންޓުން ގެނެސްދޭ އާ ފިލްމު "މަޖުނޫނު"ގެ އަސަރުގަދަ ޓްރެއިލާ ރިލީޒްކޮށް، އާންމުންގެ ބޮޑު ތަރުހީބެއް ލިބެން ފަށައިފިއެވެ.

ރޭ އޮލިމްޕަސް ސިނަމާގައި އަށްޑިހައިގެ އަހަރުތަކުގެ ތީމަކަށް ބޭއްވި ހާއްސަ ހަފްލާއެއްގައި ވަނީ މި ފިލްމުގެ ޓްރެއިލާގެ އިތުރުން ހިތްގައިމު ލަވަތައްވެސް އިއްވާލާފައެވެ. ރިލީޒްކުރި ޓްރެއިލާއިން ފެނިގެންދަނީ ލޯބީގެ ސަބަބުން ހިތަށް ލިބޭ ބޮޑެތި އަނިޔާތަކާއި، މޮޔަވާ ހިސާބަށް ގޮސް އެންމެ ފަހުން މަރު ނޫން އެހެން ސަލާމަތެއް ނެތްކަން ސިފަކޮށްދޭ ވޭނީ ބައިތަކާއެކު ގެނެސްދީފައިވާ އަސަރުގަދަ މަންޒަރުތަކެކެވެ. މުޅި ގައިން ހީބިހި ނަގައިގެންދާ ފަދަ ޖަޒުބާތީ މަންޒަރުތަކެއް މި ޓްރެއިލާއިން ފެނިގެންދެއެވެ.

ޓްރެއިލާއަށް ލިބެމުންދާ ތަރުހީބާ ގުޅޭގޮތުން ނަހުލާ ބުނީ، ޓްރެއިލާ ބެލި މީހުންގެ 90 އިންސައްތަ މީހުން މުޅި ގައިން ހީބިހި ނަގައިގެން ދިޔަކަން ފާހަގަކޮށްފައިވާ ކަމަށެވެ. އަދި ގިނަ ބަޔަކު ވަނީ މިއީ ނަހޫގެ ފިލްމަކުން މިހާތަނަށް ފެނުނު އެންމެ ފުރިހަމަ އަދި ވަރުގަދަ ޓްރެއިލާގެ ގޮތުގައި ސިފަކޮށްފައެވެ.

ނަހޫގެ އިރުޝާދާއެކު ޑައިރެކްޓަރު މުޙައްމަދު ފައިސަލް ކުރިއަށްގެންދިޔަ މި މަސައްކަތުން، ފިލްމުގައި ހިމެނޭ ތަރިންގެ އެކްޓިންގެ މުޅިން ތަފާތު "އެހެން ލެވެލް" އެއް ފެނިގެންދެއެވެ. ކެރެކްޓާތަކުގެ ރުއިމާއި، ހިތާމައާއި، ރުޅިވެރިކަމުގެ އިތުރުން ލޯބީގެ މާޔޫސްކަން އެ ތަރިން ދައްކުވައިދީފައިވަނީ ބެލުންތެރިންގެ ހިތްތަކަށް އަސަރުކުރުވާ ފަދަ މޮޅު ހުނަރަކާއެކުގައެވެ.

ދިވެހި ސިނަމާއަށް އަނެއްކާވެސް ބޮޑު ލޮޅުމެއް ގެނުވާނެ ކަމަށް ބެލެވޭ ފިލްމު "މަޖުނޫނު" ސިނަމާތަކަށް އަންނާނީ އަންނަ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުއެވެ. މިއަދުން ފެށިގެން ފިލްމުގެ ޓިކެޓް ބުކިންއަށް ހުޅުވާލާފައިވާއިރު، 7844422 ނަންބަރަށް ގުޅައިގެން ނުވަތަ މެސެޖުކޮށްގެން ޓިކެޓް ބުކް ކުރެވޭނެ ކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތު ދެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް