
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރުތައް ތަރައްޤީކުރުމަށް 'އެމްޕަވަރމަންޓް ހަބް' އެއް ޤާއިމްކުރުމަށް ސޮއިކޮށްފި
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އިސްނަގައިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑާއި ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލުކުރަނިވި މާހައުލެއްގައި ތަމްރީން އަދި ހުނަރު ދަސްކޮށްދެވޭނެ، "އެމްޕަވަރމަންޓް ހަބް" ގެ ފަހުމުނާމާގައި ސޮއިކުރުން އަދި ޕްރޮޖެކްޓު ލޯންޗުކޮށްފިއެވެ.
ދިވެހިރާއްޖޭގައި މުޅިން އަލަށް ޚިދުމަތް ދޭންފަށާ 'އެމްޕަވަރމަންޓް ހަބް' އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޝާމިލުކުރަނިވި އަދި ބާރުވެރި މުޖުތަމަޢެއް ހޯދުމަށްޓަކައި އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާ އިން އިސްނަގައިގެން ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް އާއި ގުޅިގެން ފަށާ ޚިދުމަތެކެވެ.
މިކަމާއި ގުޅިގެން އިޖްތިމާޢީ ވުޒާރާއިން ބުނީ ދިވެހިރާއްޖޭގައި މުޅިން އަލަށް ޚިދުމަތް ދޭންފަށާ 'އެމްޕަވަރމަންޓް ހަބް' އަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޝާމިލުކުރަނިވި އަދި ބާރުވެރި މުޖުތަމަޢެއް ހޯދުމަށްޓަކައި އެ ވުޒާރާއިން އިސްނަގައިގެން ފަހިދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް އާއި ގުޅިގެން ފަށާ ޚިދުމަތެއް ކަމަށެވެ. މިތަނުގެ ޚިދުމަތް އަމާޒުކުރެވިފައިވަނީ 40-18 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށް އަމާޒުކޮށްގެން ކަމަށް ވުޒާރާއިން ބުންޏެވެ.
މި ހަބްގެ އަމާޒަކީ ސްކޫލްގެ މަރުޙަލާ ފުރިހަމަކުރުމަށްފަހުގައި މުޖުތަމަޢުއަށް ނުކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތައް ދެނެގަނެ، އެފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމާއި، މަސައްކަތުގެ ތަޖުރިބާއާއި، އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުޞަތުތައް ހޯދައިދިނުން ކަމަށް ވުޒާރާއިން ބުންޏެވެ. މީގެ އިތުރުން މިނިވަންކަމާ އެކީ، އެފަރާތްތަކަށް މާނަހުރިގޮތެއްގައި މުޖުތަމަޢުގައި ބައިވެރިވާނެ ފުރުޞަތުތައް ހޯދައިދިނުމަކީވެސް މި ހަބްގެ މުހިންމު އެއް މަޤްޞަދު ކަމަށް ވުޒާރާއިން ބުންޏެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most


