
ފަހި ދިރިއުޅުން ފްލެޓުގެ މުހިންމު ވަސީލަތްތަކަށް ކުރީ ސަރުކާރުން ފައިސާ ހަމަޖައްސާފައެއް ނެތް: ހަމްދާން
ފަހި ދިރިއުޅުން ފްލެޓުތަކަށް މީހުން ވަނުމުގެ ކުރިން ގާއިމް ކުރަން ޖެހޭ މުހިންމު ހިދުމަތްތަކަށް ބޭނުންވާ ފައިސާ ކުރީ ސަރުކާރުން ހަމަޖައްސާފައި ނުވާ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ހަމްދާން އެކސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ސަރުކާރުން 4،000 ފްލެޓުގެ މަސައްކަތް ފެށުމަށް ފަހު، 22 މަސް ދުވަހުގެ ތެރޭގައި 216 ސްލެބު ޖަހާފައިވާ ކަމަށެވެ. ނަމަވެސް، މި ސަރުކާރަށް މި ވީ ފަސް މަސް ދުވަހުގެ ތެރޭގައި އެކަނި ވެސް 192 ސްލެބު ޖަހައި، މަސައްކަތްތައް އަވަސްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މަހަކު އެވްރެޖްކޮށް 10 ސްލެބުން، މަހަކު އެވްރެޖްކޮށް 48 ސްލެބް އަންނަނީ ބަހައްޓަމުންނެވެ.
މި މަޝްރޫއުގެ ޓަވަރުތައް ޕަވާ ގްރިޑާ ގުޅުވައި، ސެކިއުރިޓީ ސިސްޓަމްތަކާއި ޓަވަރުތަކާއި ކުއްޔަށް ދިރިއުޅޭ މީހުނަށް އިންޓަނެޓާއި އެހެނިހެން މީޑިއާ ކަނެކްޝަން ކުރެވޭނެ ޖީޕީއޯއެން ނެޓްވޯކުގެ އިތުރުން ކުނި ނައްތާލުން ފަދަ މުހިއްމު ހިދުމަތްތަކާއި ވަސީލަތްތަކާއި ލޭންޑްސްކޭޕިން މަސައްކަތްތަކަށް ފައިސާ ހަމަޖައްސާފައި ނުވެ އެވެ. މިކަމަށް އިތުރު 454.5 މިލިއަން ބޭނުންވާ ކަމަށާ އެ ފައިސާ ސަރުކާރުން ހޯދުމުގެ މަސައްކަތްވެސް ކުރަމުން އަންނަ ކަމަށް ހަމްދާން ވިދާޅުވި އެވެ.
އެފްޑީސީއަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާވާ ކުންފުންޏެކެވެ. މި ކުންފުނިން މިހާރު ކުރާ މަސައްކަތަކީ ހުޅުމާލޭގައި 4،000 ފްލެޓު އެޅުމުގެ މަަސައްކަތެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
