
ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުން ހުއްޓައެއް ނުލާ!
ގެދޮރުވެރިޔާ ސްކީމްގެ 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުން ހުއްޓާލި ކަމަށް ބުނެ ފަތުރާ ވާހަކަތައް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ދޮގުކޮށްފި އެވެ.
މިނިވަން ދުވަހުގެ ބަންދަށް ސޮއިކުރުން ހުއްޓާލުމަށް ފަހު ސަރުކާރު ހުޅުވުމުން މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ވަނީ އަލުން ފަށައިފަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފްލެޓް އެއްބަސްވުމުގައި މިއަދު ސޮއިކުރަން ހަމަޖައްސާފައި އޮތް އެކެއްގެ ސޮއިކުރުން މަޑުޖައްސާލިކަން އެފްޑީސީން ވަނީ އޭނާ އަށް އަންގައިފަ އެވެ.
އެފްޑީސީން ބުނީ އޭނާއަށް ދިމާވެފައިވާ މައްސަލަ ހައްލުވުމުން ސޮއިކުރަން އަންގާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެފްޑީސީން އޭނާއަށް ފޮނުވި މި މެސެޖާއެކު، ސޮއިކުރުން ހުއްޓާލިކަމަށް އިދިކޮޅު މީޑީއާތަކުގައި ވަނީ ރިޕޯޓްކޮށްފަ އެވެ.
އެފްޑީސީން އެއްބަސްވުންތައް ހެދި ނަމަވެސް، ފްލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅަނީ ހައުސިން މިނިސްޓްރީންނެވެ. ސޮއި ކުރުމަށް އެފްޑީސީއަށް ހައުސިން މިނިސްޓްރީން މިހާތަނަށް ފޮނުވާފައި ވަނީ 2،665 މީހެއްގެ މައުލޫމާތެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most

