logologologologo
STO
ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޢައްޔަންކުރައްވައިފި

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޢައްޔަންކުރައްވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ސެޕްޓެމްބަރު 06

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް ޢައްޔަންކުރައްވައިފިއެވެ.

ރައީސް އޮފީހުން ހާމަކުރި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ލ. މާވަށް، މާޒީ އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު ޢައްޔަނުކުރައްވައިފައެވެ.

އަލްއުސްތާޛު ޢަބްދުލްޢަޒީޒް މި މަގާމަށް ޢައްޔަންކުރައްވާފައިވަނީ ކުރިން ހުންނެވި އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމުގެ ދައުރު ހަމަވުމާގުޅިގެންނެވެ.

އުސްތާޛު ޢަބްދުލްޢަޒީޒް މި މަޤާމަށް ޢައްޔަންކުރައްވާފައިވަނީ، ޤާނޫނު ނަންބަރު 1/2014 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތީން، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅުއްވައި، މަޖިލީހުގެ ރުހުން ލިބިވަޑައިގަތުމުންނެވެ.

އަލްއުސްތާޛު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރަކީ ދައުލަތުގެ ޚިދުމަތުގައި ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން 2014 އިން 2019 އަށް، އިންފޮމޭޝަން ކޮމިޝަނަރުކަމުގެ މަޤާމު އަދާކުރެއްވުމުގެ އިތުރުން މިނިސްޓަރ އޮފް ސްޓޭޓް ފޯ އިސްލާމިކް އެފެއަރސް ފަދަ ސަރުކާރުގެ އިސް މަޤާމުތަކެއް އެމަނިކުފާނު ވަނީ އަދާކުރައްވާފައެވެ.

އުސްތާޛު ޢަބްދުލްޢަޒީޒް އެންމެ ފަހުން ހުންނެވީ މިނިސްޓަރ އޮޕް ސްޓޭޓް ފޯ ދިވެހި ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ މަޤާމުގައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް