logologologologo
STO
ޚަބަރު

ނޭޕާލުގައި ފެންބޮޑުވި ހާދިސާގައި ދިވެއްސަކަށް އަސަރެއް ނުކުރޭ

ނޭޕާލުގައި ފެންބޮޑުވި ހާދިސާގައި ދިވެއްސަކަށް އަސަރެއް ނުކުރޭ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 27

ނޭޕާލާއި ޗައިނާ (ޓިބެޓް) ބޯޑަރު ސަރަހައްދުގައި ހިނގި ނުރައްކާތެރި ފެންބޮޑުވުމުގެ ހާދިސާގައި އެއްވެސް ދިވެހި ރައްޔިތަކަށް އަސަރުކޮށްފައިނުވާ ކަމަށާއި، ނަމަވެސް އެހީތެރިކަން ބޭނުންވާ ދިވެއްސަކު ހުރިނަމަ ވަގުތުން އެންގުމަށް ފޮރިން މިނިސްޓްރީން އެދިއްޖެއެވެ.

މި ހާދިސާ ހިނގަން މެދުވެރިވީ ހިމާލަޔާ ފަރުބަދަތަކުގެ އުސް ސަރަހައްދަކުން ބޮޑު ގްލޭޝިއާއެއް (ސްނޯ ފަރުބަދައެއް) ކަނޑައިގެން ގޮސް ތިރިއަށް ވެއްޓުމާ ގުޅިގެންނެވެ. ގްލޭޝިއާ ވެއްޓުނު ބާރުމިނުގެ ސަބަބުން، ޖިއޮލޮޖިކަލް ސާވޭތަކުން ފުރަތަމަ އަންދާޒާކުރީ މިއީ 4.4 އާއި 5.2 އާ ދެމެދުގެ ބިންހެލުމެއް ކަމަށެވެ. އެއާއެކު އެތައް މިލިއަން ޓަނެއްގެ ގަނޑުފެނާއި ކިސަޑު ވާދީތަކަށް ފައިބައި، މޫސުމީ ވިއްސާރައިގެ ސަބަބުން ބާރުގަދަ ފެންގަނޑެއްގެ ގޮތުގައި ފެތުރިގެންދިޔައެވެ.

މި ހާދިސާގައި މިހާތަނަށް 270 އަށްވުރެ ގިނަ މީހުން މަރުވެ، 1,300 އަށްވުރެ ގިނަ މީހުން ވަނީ ގެއްލިފައެވެ. އަދި ފެންގަނޑު ދެމިގެންދިޔަ މަގުމަތީގައި ހުރި ގިނަ އިމާރާތްތަކެއް ވަނީ ކިސަޑާއި ކުނިބުނީގެ ދަށުގައި ވަޅުލެވިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ، އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި ކަތުމަންޑޫގައި ހުންނަ އޮނޮރަރީ ކޮންސުލް މެދުވެރިކޮށް ބެލިބެލުމުން، ހާދިސާ ހިނގި ސަރަހައްދުގައި އެއްވެސް ދިވެހިއަކު ހުރިކަމުގެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.

އެހެންނަމަވެސް، ނޭޕާލުގައި ތިބި އެއްވެސް ދިވެއްސަކު އެހީތެރިކަމެއް ބޭނުންވާނަމަ ނުވަތަ މައުލޫމާތެއް ސާފުކުރަން ބޭނުންނަމަ ތިރީގައިވާ ވަސީލަތްތައް މެދުވެރިކޮށް ގުޅުމަށް ފޮރިން މިނިސްޓްރީން އެދެއެވެ:

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް