މުޒާހަރާތަކުގައި 19 މީހަކު މަރުވިފަހުން ނޭޕާލުން ސޯޝަލް މީޑިއާ ބޭން އުވާލައިފި: ރިޕޯޓް
.webp&w=1080&q=100)
ނޭޕާލްއިން ސޯޝަލް މީޑީއާ ބޭން އުވާލަން ނިންމައިފިއެވެ.
ނޭޕާލްގެ ސަރުކާރުން ސޯޝާލް މީޑިއާ ބޭން ކުރަން ނިންމުމާއި ގުޅިގެން ގިނަ ޒުވާނުންތަކެއް އަންނަނީ ނޭޕާލްގައި ވަރުދަ މުޒާހަރާތަކެއް ކުރަމުންނެވެ. އަދި މި މުޒާހަރާތަކުގައި އެ ގައުމުގެ ސަލާމަތީ ބާރުތަކާއި ހިނގި ކުރިމަތިލުންތަކުގައި ގާތްގަނޑަކަށް 400 އަށްވުރެ ގިނަ މީހުންވަނީ ޒަހަމްވެފައިވާއިރު 19 މީހަކު ވަނީ މަރުވެފައެވެ.
އެ ގައުމުގެ ޒުވާނުން ކުރާ މި މުޒާހަރާއަކީ ފަހުގެ ތާރީހެއްގައިވެސް އެ ގައުމުގައި ކުރިއަށްދާ އެންމެ ވަރުގަދަ މުޒާހަރާތަކެވެ.
އެގައުމުގެ ކެބިނެޓްގެ ތަރުޖަމާނު އަދި މިނިސްޓަރު އޮފް ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީ ޕްރިތުވީ ސުއްބާ ގުރޫންގް ބުނިގޮތުގައި މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާ ބޭންކުރުމަށް ނިންމި ނިންމުން ސަރުކާރުން އަނބުރާ ގެނެސްފައިވާކަމަށެވެ.
"ސޯޝަލް މީޑިއާ ބޭންކުރުން އަޅުގަނޑުމެން އަނބުރައި ގެނެސްފިން" ބޭރުގެ މީޑިއާއަކަށް ބުނެފައިވެއެވެ.
ސޯޝަލް މީޑިއާ ބޭންކުރަން އެ ގައުމުގެ ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން ވަޓްއެޕް، ފޭސްބުކް، އިންސްޓަގްރާމް، ޔޫޓިއުބް، ލިންކްޑިން އަދި 26 މީޑިއާ ސައިޓެއް ވަނީ ބްލޮކް ކޮށްފައެވެ. ނޭޕާލްގެ ސަރުކާރުން ބުނިގޮތުގައި ސޯޝަލް މީޑިއާ ބޭން ކުރުމަށް ނިންމީ ނަފްރަތު އުފެއްދުމާއި ގޯސް މައުލޫމާތުތަށް ފެތުރުން ހުއްޓުވުމަށް ކަމަށެވެ.

.gif.gif&w=828&q=100)


.jpg&w=3840&q=100)