logologologologo
STO
ޚަބަރު

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ޝަމީމް ޢައްޔަން ކޮށްފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކަށް ޝަމީމް ޢައްޔަން ކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 16

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުކަމުގެ މަޤާމަށް އަލްއުސްތާޛު އާދަމް ޝަމީމް އައްޔަން ކޮށްފިއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަން ، ޖޭއެސްސީން ބުނީ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރކަމުގެ މަގާމަށް ދ. މާއެނބޫދޫ މަލާޒް، އަލްއުސްތާޛު އާދަމް ޝަމީމު އައްޔަނުކުރައްވާފައިވާ ކަމަށެވެ.

އާދަމް ޝަމީމް މި މަގާމަށް އައްޔަން ކޮށްފައިވަނީ އިންޓަރވިއު ޕެނަލުން ކޮމިޝަނަށް ހުށަހަޅާފައިވާ ރިޕޯޓުގައިވާ ގޮތުގެމަތީން މި މަޤާމަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، އިންޓަރވިއުއިން އެންމެ މަތިން މާކްސް ހޯދާފައިވާތީ ކަމަށް ޖޭއެސްސީން ބުންޏެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 8 ވަަނަ ދުވަހުއެވެ. މި މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް ހުޅުވާލީ އެމަޤާމުގައި މީގެ ކުރިން ހުންނެވި އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ޤާނޫނީ ދާއިރާގައި މަސައްކަތްކުރައްވާ 10 މީހުން ކުރިމަތިލާފައިވާ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ.

އަލްއުސްތާޛު އާދަމް ޝަމީމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޤާނޫނީ އަދި ދިފާޢީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. ޝަމީމަކީ މިދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރައްވާ، ދާއިރާގެ ތަޖުރިބާ ހުރި ބޭފުޅެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް