logo
logo
އުއްތަމަފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލައިފި!

އުއްތަމަފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލައިފި!

2025 ޖުލައި 21
ޒައުޖަތު އަޙުމަދުޒައުޖަތު އަޙުމަދު

އުއްތަމަފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އުއްތަމަ ފަނޑިޔާރު ކަމުގެ މަޤާމަށް ކުރިމަތިލެއްވުމަށް ހުޅުވާލައްވާފައި މި ވަނީ އުއްތަމަފަނޑިޔާރު އަޙުމަދު މުޢުތަސިމު ޢަދުނާނު މިއަދު ރިޓަޔާ ކުރެއްވުމާއި ގުޅިގެންނެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން މިއަދު ކުރި އިޢުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާދިނުމަށްޓަކައި، އުއްތަމަފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުއްވުމަށް، ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ކ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ހުޅުވާލައިފައިވާ ކަމަށެވެ.

އުއްތަމަފަނޑިޔާރު ކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ ޝަރުޠު ތަކުގެތެރޭގައި ޢުމުރުން 30 (ތިރީސް) އަހަރު ވެފައިވާ މީހަކު ކަމުގައިވުން، އިސްލާމީ ޝަރީޢާ ނުވަތަ ޤާނޫނު ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުން، ފަނޑިޔާރުކަމުގައި ނުވަތަ ޤާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން 7 (ހަތެއް) އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން ހިމެނެއެވެ.

މި މަޤާމަށްއެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ  29 ޖުލައި 2025 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ކަމަށާ ނަމަވެސް އެޕްލިކޭޝަންގެ ގޮތުގައި ހާޑް ކޮޕީ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ކޮމިޝަނުގެ ރަސްމީ ގަޑީގައި ކޮމިޝަނުގެ ކައުންޓަރަށް ހާޑްކޮޕީ ހުށަހެޅޭނެ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް