
ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރަން އުޅުނު ޝަހީދުގެ ނަން އަނބުރާ ނަގައިފި!
ޒައުޖަތު އަޙުމަދުހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރަން އުޅުނު މުޙައްމަދު ޝަހީދުގެ ނަން އަނބުރާ ނަގައިފިއެވެ.
ފަނޑިޔާރު ޝަހީދު ވަނީ އޭނާގެ ނަން އަނބުރާ ނަގަން އެދި ޖޭއެސްސީއަށް ސިޓީ ފޮނުވައިފައެވެ.
ޝަހީދުގެ ނަން އަނބުރާ ނަގަން އެދިފައިވާއިރު، ހައިކޯޓަށް އަލަށް އައްޔަނުކުރާ ދެ ފަނޑިޔާރުންގެ ހުވާ ކުރުމުގެ ރަސްމިއްޔާތު މިރޭ ބާއްވާން ވަނީ ހަމަޖެހިފައެވެ.
ޝަހީދުއަކީ މި ސަރުކާރުގެ ދާޚިލީ ސަލާމަތާބެހޭ ވުޒާރާގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ.
ހައިކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ޝަހީދު އައްޔަނުކުރުން ހުއްޓުވައިދިނުމަށް އެދި ހައިކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ބޭފުޅަކު ސިވިލް ކޯޓަށް ހުށަހެޅުއްވިކަން ފާހަގަ ކުރެވެއެވެ. އަދި މި މައްސަލަ އެ ކޯޓުން މިހާރުވަނީ ބަލައިގަނެފައެވެ.
ފަނޑިޔާރު ޝަހީދު ޖޭއެސްސީއަށް މިއަދު ފޮނުއްވި ސިޓީގައި ވަނީ ނަން އަނބުރާ ނަގަން ބޭނުންވަނީ ޖުޑީޝަރީއަށް އޮތް އިތުބާރު ދެމެހެއްޓުމަށްޓަކައި ކަމަށެވެ.
ހައި ކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެތެރެއިން އެ ކޯޓަށް އައްޔަނު ކުރުމަށް ޖޭއެސްސީން ނިންމީ މުޙައްމަދު ޝަހީދުގެ އިތުރުން ކުރީގެ ޤާޟީ ޢަބްދުﷲ ޖަމީލް މޫސާއެވެ.
އެއާއިއެކު ސިޔާސީ ފަރާތްތަކުން މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި ޝަހީދުއަކީ ސިޔާސީ ބޭފުޅެއްކަމަށް ދިޔައީ ބުނަމުންނެވެ. އަދި މި ފާޑުކިޔުންތަކާއި ގުޅިގެން، ސުޕްރީމް ކޯޓަށް އެމްޑީޕީ ސަރުކާރުން އައްޔަނުކުރި ހުސްނުއްސުޢޫދުގެ ނަން ވެސް ފާހަގަކޮށް ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ކަން ފާހަގަ ކުރެވެއެވެ.
ADVERTISE SLOT
Promote Your Brand Where It Matters Most
އިތުރަށް
ޖޭއެސްސީގެ ރައީސްކަމަށް މެމްބަރު ޙުސްނީ ޢައްޔަނު ކުރައްވައިފި2025 އޮކްޓޯބަރު 29
އުއްތަމަފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުޞަތު ހުޅުވާލައިފި!2025 ޖުލައި 21
ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް 12 ބޭފުޅަކު ކުރިމަތި ލައްވައިފި!2025 މޭ 22
ޑރ. އަޒްމިރާލްދާއާއި މަހާޒު، ފަނޑިޔާރުކަމުން ވަކިކުރަން މަޖިލީހަށް ހުށަހަޅަން ނިންމައިފި!2025 މޭ 04