logologologologo
STO
ވިޔަފާރި

ސްޓޭޓް ފާމާއިން ރާއްޖެއަށް ބޭސް ގެނައުމަށް އެސްޓްރާޒެނެކާއާއެކު މަސައްކަތް ކުރަނީ

ސްޓޭޓް ފާމާއިން ރާއްޖެއަށް ބޭސް ގެނައުމަށް އެސްޓްރާޒެނެކާއާއެކު މަސައްކަތް ކުރަނީ
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 އޯގަސްޓު 05

ފެންވަރު ރަނގަޅު ބޭސްތައް މެދުކެނޑުމެއްނެތި ލިބޭނެ މަގު ފަހިކުރުމަށް ސްޓޭޓް ފާމާއިން ޔޫރަޕްގެ މަޝްހޫރު ބޭސް އުފައްދާ ކުންފުނި އެސްޓްރާޒެނެކާއާއެކު މަސައްކަތް ފަށައިފިއެވެ.

ސްޓޭޓް ފާމާއިން މިއަދު ހާމަކުރި ގޮތުގައި، ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ މުހިންމު ބޭހާއި ސިއްހީ ހިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ މަގުތައް ފަހިކުރުމުގެ ގޮތުން އެސްޓްރަޒެނިކާގެ މަންދޫބުންނާ އެކު ވަނީ ހާއްސަ ބައްދަލުވުމެއް ބޭއްވިފައެވެ.

މި ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ރާއްޖެއަށް ބޭނުންވާ ޒަރޫރީ ބޭސްތައް އިތުބާރާއެކު ލިބޭނެ އިންތިޒާމުތައް ހަރުދަނާކުރުމާއި، ދެ ފަރާތުގެ ދެމެދުގައި ދިގުމުއްދަތުގެ ބަދަހި ގުޅުމެއް ޤާއިމުކުރުންކަމަށް އެ ކުންފުނިން ވިދާޅުވެއެވެ. ރާއްޖޭގެ ޞިއްޙީ ނިޒާމު އިތުރަށް ތަރައްޤީކުރުމަށްޓަކައި އިސްކަންދޭންޖެހޭ މުހިންމު ދާއިރާތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ދެ ފަރާތުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ސްޓޭޓް ފާމާއިން ހާމަކުރި ގޮތުގައި، ދިވެހި ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމަކީ އެ ކުންފުނީގެ އެންމެ މުހިންމު އެއް އަމާޒެވެ. މި އަމާޒަށް ވާސިލުވުމަށްޓަކައި ދުނިޔޭގެ ނަން މަޝްހޫރު ފާމަސޫޓިކަލް ކުންފުނިތަކާއެކު ގާތް ގުޅުމެއް ބާއްވައި، ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް އެ ކުންފުނިން ދަނީ މެދުކެނޑުމެއްނެތި މަސައްކަތް ކުރަމުންނެވެ.

އެސްޓްރާޒެނެކާއަކީ ބޭސް އުފެއްދާ ސިއްޙީ ދާއިރާއާ ގުޅޭ މިފަދަ ޚިދުމަތްތައް ދޭ އެންމެ ބޮޑު އެއް ކުންފުންޏެވެ. އެ ކުންފުނިން ދުނިޔޭގެ 125އަށްވުރެ ގިނަ ޤައުމަށް ބޭހާއި ފާމަސޫޓިކަލް ސާމާނު ދަނީ ފޯރުކޮށްދެމުންނެވެ. އެ ކުންފުންޏާއެކު ރާއްޖެއިން ފެށި މިމަސައްކަތުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސްތައް މެދުކެނޑުމެއްނެތި ލިބުމަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށްވެސް ސްޓޭޓް ފާމާއިން ފާހަގަކުރައްވައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް