logologologologo
STO
ޚަބަރު

ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނޭ ގޮތަށް ޚާއްޞަ ޕޯޓަލްއެއް ގާއިމުކުރަނީ

ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނޭ ގޮތަށް ޚާއްޞަ ޕޯޓަލްއެއް ގާއިމުކުރަނީ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 24

ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނޭ ގޮތަށް ޚާއްޞަ ޕޯޓަލްއެއް ގާއިމްކުރާނެ ކަމަށް ދައުލަތުގެ ބޭސް ކުންފުނި ސްޓޭޓް ފާމާއިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ ސްޓޭޓްފާމާގެ ފާމަސީތަކުން ލިބެން ހުންނަ ހުރިހާ ބޭހެއްގެ މައުލޫމާތާއި އެ ބޭސް ލިބެން ހުންނަ ފާމަސީތައް އެނގޭނޭ ގޮތަށް ގާއިމުކުރާ ޚާއްޞަ ޕޯޓަލްއެއް އަންނަ ސެޕްޓެމްބަރު މަހުގައި ލޯންޗުކުރާނެ ކަމަށެވެ.

ސްޓޭޓް ފާމާއިން ބުނީ އެ ކުންފުނިން ކުރާ މަސައްކަތަކީ، ރައްޔިތުން އުފުލަމުންދާ ތަކުލީފުތައް ދެނެގަނެ، އެކަމަށް ދާއިމީ ހައްލު ހޯދުމުގެ މަސައްކަތް ކަމަށެވެ.

އެގޮތުން، ބޭސް ލިބެން ހުންނަ ފާމަސީތައް ނޭނގުމަކީ، ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރާ އެއްކަންތައް ކަމަށާއި އެ ކުންފުނިން ގާއިމްކުރާ ޕޯޓަލް އަކީ، ކޮންމެ ތާކު ހުރެގެންވެސް ރައްޔިތުމީހާއަށް، ބޭނުންވާ ބޭސް ލިބެން ހުންނަ ފާމަސީއާއި އެ ބޭސް ލިބެން ހުންނަ އަގު ބަލާލެވޭނެ ގޮތަށް ފަރުމާ ކުރަމުންދާ ޕޯޓަލްއެއް ކަމަށް ސްޓޭޓް ފާމާއިން ބުންޏެވެ.

ސްޓޭޓް ފާމާއަކީ ރާއްޖެއަށް ދިމާވެފައިވާ ބޭހުގެ ދަތިކަން ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އުފެއްދެވި ވަކި ހާއްސަ ކުންފުންޏެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް