logologologologo
STO
ޚަބަރު

އާސަންދައިން ކަވަރު ނުކުރާ ބޭހަކަށް ފައިސާ ނެގި ކަމަށް ބުނާ ވާހަކަ ސްޓޭޓްފާމައިން ދޮގުކޮށްފި

އާސަންދައިން ކަވަރު ނުކުރާ ބޭހަކަށް ފައިސާ ނެގި ކަމަށް ބުނާ ވާހަކަ ސްޓޭޓްފާމައިން ދޮގުކޮށްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖުލައި 05

އާސަންދައިން ކަވަރު ނުކުރާ ބޭހަކަށް ފައިސާ ނެގި ކަމަށް ބުނާ ވާހަކަ، ދައުލަތުގެ ބޭސް ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑު "ސްޓޭޓްފާމާ"އިން ދޮގުކޮށްފިއެވެ.

ސްޓޭޓް ފާމާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އިއްޔެ ހެނދުނު ސްޓޭޓް ފާމާ ހެންވޭރު ފާމަސީން ކަސްޓަމަރަކަށް ބޭސް ދޫކޮށްފައިވާއިރު، އެ ބޭސްތަކުގެ ޖުމްލަ އަގަކީ -/2،977.15ރ. ކަމަށެވެ.

އަދި އެ ބޭހަކީ އާސަންދައިގެ ދަށުން ކަވަރުކުރާ ބޭހަކަށް ނުވާއިރު، ބޭސް ދޫކޮށްފައިވަނީ އިންޝުއަރެންސް ޕާޓްނަރު ސްލިޕަށް ސްޓޭޓް ފާމާ ފާމަސީން ކަމަށްވެސް ވިދާޅުވިއެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ކުންފުނީގެ ލެޓާ ހެޑްގައިވާ ކޮޓޭޝަންގައި ބޭހުގެ އަގު 6،000ރ. އަށް ވުރެ މަތީގައި ހުރީ، ބޭހުގެ އެކި ބްރޭންޑްތައް ލިބެން ހުންނަ އަގުތައް ތަފާތުވުމާ ގުޅިގެން ކަަށްވެސް ވިދާޅުވެފައި ވެއެވެ.

އަދި ބޭހުގެ އެކި ބްރޭންޑްތަކުގެ އަގުތައް ތަފާތުވުމަކީ އެކަށީގެންވާކަމެއްކަންވެސް ސްޓޭޓްފާމާއިން ފާހަގަކޮށްފައި ވެއެވެ.

"އާސަންދަ ކަވަރު ނުކުރާ ބޭސްތަކަކީ، ގިނަ ފަހަރު ވިރަ މެދުވެރިކޮށް އަދި ގުޅިފައިވާ އެހެން އެޖެންސީތަކުގެ އެހީގައި ގެންނަ ބޭސް ކަމަށްވާއިރު، ކަސްޓަމަރުގެ އަތުން ފައިސާ ނަގާފައި އޮތްކަމަށް ދޭހަވާ މޭރުމުން އޮތުމަކީ ރަނގަޅު މައުލޫމާތެއް ނޫން ކަމުގައި ފާހަގަކޮށްލަން،". ސްޓޭޓް ފާމާގެ ބަޔާނުގައި ވެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް