ދަރުމަވަންތަ ހޮސްޕިޓަލުގައި އިތުރު ކެތުލެބެއް ޤާއިމްކުރަނީ

ދަރުމަވަންތަ ހޮސްޕިޓަލުގައި އިތުރު ކެތުލެބެއް ޤާއިމްކޮށް މިއަހަރު ޚިދުމަތް ދޭން ފަށާނެ ކަމަށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ އެ ކުންފުނީގެދަށުން ހިންގާ ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅުކުރަން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި ޚިދުމަތްތައް އަވަސްކުރަން ދަރުމަވަންތަ ހޮސްޕިޓަލުގައި އިތުރު ކެތު ލެބެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނޮވެމްބަރު 15، 2015 ގައި އައިޖީއެމްއެޗްގައި ކެތު ލެބުގެ ފަރުވާ ފުރަތަމަ ދޭން ފެށީ އިންޑިއާގެ މެޑިޓްރިނާ ހޮސްޕިޓަލާއެކު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ.
ނަމަވެސް 10 އަހަރަށް ހަވާލުކުރި އެ ސެންޓަރުގެ މުއްދަތު މިދިޔަ ނޮވެމްބަރު މަހު ހަމަވުމުން، އެ ޚިދުމަތްތައް މިހާރު ދެމުންދަނީ އައިޖީއެމްއެޗްގައި ތިބި ދިވެހި ޑޮކްޓަރުންނެވެ.
ޙަލީމް ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލުގެ ހައިބްރިޑް ތިއޭޓާ ސިންގަލް ޕްލޭނާ، ބައި-ޕްލޭނާއަކަށް ބަދަލު ކުރާނެ ކަމަށާ އަދި އައިޖީއެމްއެޗްގެ ކެތު ލެބު ވެސް ސިންގަލް ޕްލޭނާއަކުން ބައި-ޕްލޭނާއަކަށް އަޕްގްރޭޑު ކުރާނެ ކަމަށެވެ.
އެއީ ހިތުގެ ބަލިތަކާއި ނާރުގެ ބަލިތަކަށް ވަރަށް މުހިއްމު އަޕްގްރޭޑެއް ކަމަށާއި އެއީ އެންމެ ޒަމާނީ ފަރުވާ ދެވޭނެ ވަސީލަތްތައް ކަމަށް ޙަލީމް ވިދާޅުވިއެވެ.
މީގެއިތުރުން ހުޅުމާލެ ހޮސްޕިޓަލުގައި އިތުރު އެމްއާރުއައި މެޝިނެއް ބެހެއްޓުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޙަލީމް ވިދާޅުވިއެވެ. އެ ހޮސްޕިޓަލުގައި މިހާރުވެސް އެމްއާރުއައި މެޝިނެއް ބޭނުންކުރަމުން އަންނަކަން ޙަލީމް ފާހަގަ ކުރެއްވިއެވެ.
އިތުރަށް




.gif.gif&w=828&q=100)