logologologologo
STO
ޚަބަރު

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ޒަމާނީ ލޭޒަރ ސާޖަރީގެ ޚިދުމަތް ފަށައިފި

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ޒަމާނީ  ލޭޒަރ ސާޖަރީގެ ޚިދުމަތް ފަށައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 18

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގައި ޒަމާނީ ލޭޒަރ ސާޖަރީގެ ޚިދުމަތް ފަށައިފިއެވެ.

މި ދެ ހޮސްޕިޓަލުގައި ޒަމާނީ ލޭޒަރ ސާޖަރީގެ ޚިދުމަތް ރަސްމީކޮށް ފެށީ މިއަދުއެވެ.

އައިޖީއެމްއެޗުން ބުނީ ޒަމާނީ ލޭޒަރ ސާޖަރީ ނުވަތަ މި ގޮތަށް ކުރާ އޮޕެރޭޝަންތަކުގެ ސަބަބުން ބަލިމީހުންނަށް ލިބޭނެ ފައިދާ ތަކުގެ ތެރޭގައި ބޮޑުތަނެއް ކަފާލުމަކާ ނުލައި އޮޕެރޭޝަން ކުރެވި ބަލި ރަނގަޅުވުން ހިމެނޭ ކަމަށެވެ.

މީގެއިތުރުން އޮޕަރޭޝަނަށްފަހު ހޮސްޕިޓަލުގައި އެޑްމިޓްކުރަން ނުޖެހުން ނުވަތަ ހޮސްޕިޓަލުގައި އޮންނަންޖެހޭ މުއްދަތު ވަރަށްބޮޑަށް ކުޑަވެގެން ދިއުން ވެސް މީ ބަލި މީހުނަށް ލިބޭ ފައިދާއެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.

ހަމައެހެންމެ ތަދުވުން ކުޑަވުން، އަވަހަށް ބަލި ފަސޭހަވެ ކުރިން ކުރަމުން އައި މަސައްކަތް އަވަހަށް ކުރެވެން ފެށުމާއި އިންފެކްޝަންވެ ދޮސްގަތުގެ ފުރްޞަތު ކުޑަވުން ހިމެނޭ ކަމަށް އައިޖީއެމްއެޗުން ފާހަގަ ކުރެއެވެ.

ލޭޒަރ ސާޖަރީ އަކީ ތަންތަން ފެޅުމުގެ ބަދަލުގައި ބާރުގަދަ އަލީގެ ދޯދި ބޭނުންކޮށްގެން ކުރާ އޮޕަރޭޝަންއެކެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް