logologologologo
STO
ޚަބަރު

ލޭންޑިން ކްރާފްޓް ބަންޑުންޖަހައިލި ހާދިސާގައި ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ: އެމްއެންޑީއެފް

ލޭންޑިން ކްރާފްޓް ބަންޑުންޖަހައިލި ހާދިސާގައި ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ: އެމްއެންޑީއެފް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 އޯގަސްޓު 01

ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަމުން ދިޔަ ލޭންޑިން ކްރާފްޓެއް (ކޮޅުވެއްޓި) ދިޔަވެ، ކ. ގާފަރު ކައިރިއަށް އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ދެ މީހުން އަދިވެސް ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މި ހާދިސާގައި ގެއްލުނު ދެމީހުން ހޯދަން އެމްއެންޑީއެފް ކޯސްޓް ގާޑުން އަދިވެސް މަސައްކަތްކުރަމުން އަންނައިރު، އެ އިދާރާއިން ބުނީ އެ 2 މީހުން ހޯދުމުގެ މަސައްކަތުގައި ކަނޑުމަގުން ކޯސްޓްގާޑް ޝިޕް އިމާދުއްދީންއާއި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ޙަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެ 2 މީހުން ހޯދުމަށް ކަނޑާއި ވައިގެމަގުން މިހާތަނަށް ބޮޑު ސަރަހައްދެއް ބަލައިފައިވާ ކަމަށެވެ.

10 މީހުންނާއެކު ދަތުރުކުރި މި އުޅަނދު އަޑިއަށް ދިޔައިރު، އޭގައި ތިބީ ދެ ދިވެހިންނާއި އަށް ބިދޭސީންނެވެ. ފުލުހުން ބުނި ގޮތުގައި ގެއްލިގެން ހޯދަމުން ދަނީ ދެ ބިދޭސީންނެވެ. މިހާދިސާގައި ސަލާމަތްކުރި 8 މީހުން މިހާރު ތިބީ އެ ރަށުގެ ގެސްޓު ހައުސްއެއްގައި ކައުންސިލުގެ ބެލުމުގެ ދަށުގައި ކަމަށް ގާފަރު ކައުންސިލުން ވަނީ ބުނެފައެވެ.

 

View post on Twitter

 

އިއްޔެ ހެނދުނު މި ހާދިސާ ހިނގާފައި ވަނީ ހުކުރު ދުވަހު ރާއްޖެއަށް ވަރަށް ބޮޑަށް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކޮށް ރީނދޫ ސަމާލު ނެރެފައި ވަނިކޮށްކަން ފާހަގަކުރެވެއެވެ.

މޫސުން ގޯސްވެ، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތައް ހިނގުން އިތުރުވަމުންދާތީ، ކަނޑުދަތުރުފަތުރު ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުންނާއި އެމްއެންޑީއެފް ކޯސްޓް ގާޑު އަދި މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސކޮށްފައިވާކަން ފާހަގަ ކުރެވެއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް