މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުން ބުދަ ދުވަހު ހުޅުމާލޭގައި ބާއްވަނީ

މިނިވަން ދުވަހުގެ އަސްކަރީ ހިނގާލުން ބުދަ ދުވަހު ހުޅުމާލޭގައި ބާއްވަން ނިންމައިފިއެވެ.
ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ބުނީ ދިވެހިރާއްޖޭގެ 61ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އަސްކަރީ ހިނގާލުން މާދަމާ ހުޅުމާލޭގައި އޮންނާނެ ކަމަށެވެ.
ބުދަ ދުވަހު ހަވީރު 16:30 ގައި ފެށުމަށް ހަމަޖެހިފައިވާ އަސްކަރީ ހިނގާލުމުގައި، އެމްއެންޑީއެފް ބޭންޑާ އެކު ޖުމްލަ ހަ ގެމަ ބައިވެރިވާނެ ކަމަށް އެ އިދާރާއިން ބުންޏެވެ.
މި އަސްކަރީ ހިނގާލުމުގައި އެމްއެންޑީއެފްގެ ކޯރތަކާއި ތަފާތު ދާއިރާތަކުގެ ޚިދުމަތްތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.
މި ހިނގާލުން ފަށާނީ، ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރީންނެވެ. އަދި ދެ ސަރަހައްދަކަށް ހުއްޓި މިލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް (ހިތިގަސްމަގު – ހުވަނދުމާހިނގުން ޖަންކްޝަން)އާއި ސިފްކޯ ފުލެޓް ކުރިމަތި (ހައިވަކަރުމަގު – ކުދިމާހިނގުން ޖަންކްޝަން) ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ބޭއްވި ހެވިކަމުގެ ކުޅިވަރުތަކާއި މައިދާނީ ޙަރަކާތްތައް ބާއްވާފައި ވަނީ މިނިވަން ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައެވެ. މި ކުޅިވަރުތަކުގައި ހިމެނޭ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ އަސްކަރީ ހިނގާލުން ވެސް 26 ވަނަ ދުވަހުގެ ރޭ މާލޭގައި ވަނީ ބާއްވައިފައެވެ.
އިތުރަށް





.gif.gif&w=828&q=100)