logologologologo
STO
ޚަބަރު

ބޭރުގެ މުދާ އުފުލާ ބޯޓެއްގައި އޮތް ޙާލުދެރަ މީހަކަށް، ކޯސްޓްގާޑުން އެހީތެރިކަންދީފި

ބޭރުގެ މުދާ އުފުލާ ބޯޓެއްގައި އޮތް ޙާލުދެރަ މީހަކަށް، ކޯސްޓްގާޑުން އެހީތެރިކަންދީފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖުލައި 09

ބޭރުގެ މުދާ އުފުލާ ބޯޓެއްގައި އޮތް ޙާލުދެރަ މީހަކަށް، ކޯސްޓްގާޑުން އެހީތެރިކަންދީފިއެވެ.

ޤައުމީ ދިފާޢީ ބާރުން ބުނީ އައްޑޫ ސިޓީގެ ދެކުނުން ގާތްގަނޑަކަށް 711 ނޯޓިކަލް މޭލު ބޭރުން ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއްގައި އޮތް ޙާލުދެރަ މީހަކަށް، ކޯސްޓްގާޑުން އެހީތެރިކަންދީފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ އެއީ ލައިބީރިއާގެ "އެމްއެސްސީ ލިއާން" ނަމަކަށް ކިޔާ މުދާއުފުލާ ބޯޓެއް ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އެހީތެރިކަން ފޯރުކޮށްދިނީ އެ ބޯޓުގައި ހުރި ފަސިންޖަރެއްގެ ބަލިހާލަތު ގޯސްވެގެން އެހީތެރިކަމަށް އެދުމާ ގުޅިގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ކަމަށެވެ.

މި މީހާ އިތުރު ފަރުވާއަށް ހޮސްޕިޓަލަށް ގެންދިއުމަށް އެހީތެރިކަމަށް އެދިފައިވަނީ ޖުލައި 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް