logologologologo
STO
ޚަބަރު

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ޑިންގީއާ ގުޅިއްޖެ: އެމްއެންޑިއެފް

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ޑިންގީއާ ގުޅިއްޖެ: އެމްއެންޑިއެފް
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 ޖޫން 25

ޚަބަރެއް ނުވެގެން ހޯދަމުން ދިޔަ ޑިންގީއާ ގުޅިއްޖެ ކަމަށް ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ދ.ކުޑަހުވަދޫން ފުރައިގެން އއ.ބޮޑުފުޅަދޫއަށް ދަތުރު ކުރަމުން ދަނިކޮށް ޚަބަރެއް ނުވެގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ހޯދަމުންދިޔަ ޑިންގީއާ ގުޅިއްޖެ ކަމަށެވެ. 

މި ޑިންގީގެ ޚަބަރެއް ނުވެގެން އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)އަށް ލިބުނީ މިއަދު މެންދުރުފަހު 13:50 ހާއިރުއެވެ.

އެ މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންއިން ދިޔައީ އެ ޑިންގީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.  

އެގޮތުން، ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، މިރޭ 22:24 ހާއިރު، އެ ޑިންގީއާ ވަނީ ގުޅިފައެވެ.

އެ ޑިންގީގެ ފަޅުވެރިން މަޢުލޫމާތު ދިން ގޮތުގައި، ޑިންގީއާ ގުޅޭގޮތް ނުވީ އިންޖީނު ހުއްޓި ރޭންޖު ލިބޭ ސަރަހައްދުން ބޭރުގައި ޑިންގީ އޮތުމުންނެވެ. އަދި އެ ޑިންގީއާ ފަހުން ގުޅިފަައިވަނީ ރޭންޖު ލިބޭ ހިސާބަށް އެ ޑިންގީއަށް ވަދެވުމުންނެވެ. ޑިންގީއާ ގުޅުމުން، އެ ޑިންގީ އޮތް ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުން ގޮސް އޭގައި ތިބި ދެ މީހުންނަށް އެހީތެރިކަން ފޯރު ކޮށްދީ، މާލެ ގެނެސްދީފައިވެއެވެ.

މި ދެ މީހުންގެ ވެސް ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް