ޤައުމީ ދިފާޢީ ބާރުން، ގއ. ވިލިނގިލީގައި ފަޔަރ ސްޓޭޝަނެއް ޤާއިމުކުރަނީ

ޤައުމީ ދިފާޢީ ބާރުން، ގއ. ވިލިނގިލީގައި ފަޔަރ ސްޓޭޝަނެއް ޤާއިމުކުރަން ނިންމައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިފާޢީ ވުޒާރާގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް، މުޢާޛު ޙަލީމެވެ. އަދި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ، ޙަސަން ރިފާޢީ ބުޝްރީއެވެ.
އެމްއެންޑީއެފުން ބުނީ މިއީ މި ދައުރުގެ ތެރޭގައި އަލިފާން ނިއްވުމުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން އެކަށައަޅުއްވާފައިވާ ސިޔާސަތާ އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އަލިފާން ނިއްވުމުގެ ޚިދުމަތް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން ގއ. އަތޮޅުގައި ގާއިމުކުރެވޭ އެމްއެންޑީއެފްގެ ފަޔަރ ސްޓޭޝަން ކަމަށެވެ.
ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން 550 ދުވަހުގެ ތެރޭގައި ޢަމަލީ މަސައްކަތްތައް ނިންމާގޮތަށް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަނާ ހަވާލުކުރެވުނު މި ފަޔަރ ސްޓޭޝަން ގާއިމުކުރެވުމާ އެކު އެ ސަރަހައްދުގައި ދިމާވާ އެކިއެކި އަލިފާނުގެ ހާދިސާތަކަށް މިހާރަށް ވުރެ އަވަހަށް އެހީތެރިކަން ފޯރުކޮށްދެވިގެންދާނެއެވެ.
މިއަދު ބޭއްވި މި ރަސްމިއްޔާތުގައި ދިފާޢީ ވުޒާރާގެ އިސްވެރިންގެ އިތުރުން ޤައުމީ ދިފާޢީ ބާރުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
އިތުރަށް





.gif.gif&w=828&q=100)