logologologologo
STO
ޚަބަރު

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން ޕްރޮޖެކްޓަށް 710 ފްލެޓް އިތުރުކޮށްފި

ބީއެމްއެލްގެ އެފޯޑަބަލް ހައުސިން ޕްރޮޖެކްޓަށް 710 ފްލެޓް އިތުރުކޮށްފި
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ޖޫން 28

"ބޯހިޔާވަހިކަން އެންމެނަށް" ގެ ނަމުގައި ސަރުކާރުން ކުރިއަށް ގެންދާ ސްކީމްގެ ބައެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ އެފޯޑަބަލް ހައުސިން މަޝްރޫއަށް 710 ފްލެޓް އިތުރުކޮށް، އެ މަސައްކަތް ކޮންޓްރެކްޓަރުންނާ ހަވާލުކުރަން ތައްޔާރުވެފައިވާ ކަަމަށް ސަރުކާރުން ބުނެފި އެވެ.

އިއްޔެގެ މީޑިއާބްރީފިންގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވީ ބީއެމްއެލްގެ މަޝްރޫއަށް ފްލެޓް އިތުރުކުރަން ނިންމީ އެ މަސައްކަތް ކުރެވޭ ވަރަށް ބީއެމްއެލްގެ ގާބިލުކަން ހުރުމުން ކަމަށާއި 710 ފްލެޓް އަޅަން ހަވާލުވާ ކުންފުނިތަކާ އެކު އެއްބަސްވުމުގައި ސޮއިކުރާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.

"ބީއެމްއެލްގެ ކެޕޭސިޓީ އެބަހުރި އަދި އެ [އެފޯޑަބަލް ހައުސިން މަޝްރޫއުގައި އަޅާ ފްލެޓް] އިތުރުކޮށްލަން، 3،260 މިހާރު އެވޯޑްކުރެވުނީ. އަދި އިތުރު 710 ހަމަ އެ ސްކީމްގެ ތެރެއަށް އެބަ ވެެއްދޭ. އެހެންވީމާ އޭގައި މިހާރު އެއްބަސްވުމުގައި ސޮއިކުރާ ހިސާބަށް ގޮސްފައި މި އޮތީ،" މުންދު ވިދާޅުވި އެވެ.

ބީއެމްއެލްގެ މަޝްރޫއުއަށް 710 އިތުރުކުރުމުން، އެ  މަޝްރޫއުގައި އަޅާ ފްލެޓްގެ އަދަދު 3،970 އަށް އަރާނެ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެ އާއި ބޭރުގެ ކޮންޓްރެކްޓަރުންނާ ވެސް ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަަށް އަވަހަށް ފަށާނެ އެވެ. ފުރަަމަ ހަވާލުކުރި 3،260 ފްލެޓްގެ މަސައްކަތާ ހަވާލުވި ކުންފުނިތަކުގެ ތެރެއިން އެންމެ ކުންފުންޏެއް ފިޔަވައި ހުރިހާ ކުންފުންޏަކުން ވެސް މިހާރު ފްލެޓްތައް ޑިޒައިންކޮށް ކުރެހުންތައް އެޕްރޫވްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ހެޔޮ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ބީއެމްއެލްއާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ ދަށުން ވިލިމާލެ އާއި ހުޅުމާލެ 1 އަދި 3 ގައި ފްލެޓު އިމާރާތްކުރާނެ އެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް