އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ 79 މަޝްރޫޢެއް މިވަގުތު ކުރިއަށް އެބަދޭ: ވަޒީރު

އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާގެ 79 މަޝްރޫޢެއް މިވަގުތު ކުރިއަށް ދާ ކަމަށް އެ ވުޒާރާގެ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޑރ. ޝަހީމް ވިދާޅުވީ އެ ވުޒާރާއިން ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ އަދަދު 79 އަށް އަރާ ކަމަށެއެވެ.
ޑރ. ޝަހީމް ވިދާޅުވީ މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ 45 މިސްކިތެއްގެ މަޝްރޫޢުއާއި، 12 އިސްލާމީ މަރުކަޒެއްގެ މަޝްރޫޢުއާއި، 16 ޤުރުއާން ސެންޓަރުގެ މަޝްރޫޢުގެ އިތުރުން ވަޤްފުގެ ބިނާ ކުރުމުގެ 6 މަޝްރޫޢު ހިމެނޭ ކަމަށެވެ.
"ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ." ވަޒީރު ވިދާޅުވިއެވެ.
އިސްލާމީ ދާއިރާއިން މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދާ އެންމެ މުހިއްމު މަޝްރޫޢުތަކުގެ ތެރޭގައި މާލޭގައި ބިނާ ކުރާ ދާރުލްއަރުޤަމްއާއި ހުޅުމާލޭގައި ބިނާ ކުރާ ދާރުއްސަލާމް ވަޤްފު ޢިމާރާތް ހިމެނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި ބިނާ ކުރުމަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުމަށް އެ ވުޒާރާއިން މަސައްކަތް ކުރަމުން އަންނަ ކަމަށާ އެ މަޝްރޫޢުއަށް ރާއްޖޭން ބޭރުގެ ފަރާތަކުން ފައިސާ ހަމަޖެހިފައިވާކަން ފާހަގަކޮށްލެވޭ ކަމަށެވެ.
އިތުރަށް





.gif.gif&w=828&q=100)