ހުކުރު ކުރާނެ ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ 5 ވަނަ ބުރުގައި ބައިވެރިވުމަށް ހުޅުވާލައިފި

ހުކުރު ކުރާނެ ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ 5 ވަނަ ބުރުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ އިމާމުންނާއި ޚަޠީބުންގެ ޒުވާން ޖީލެއް އުފެއްދުމުގެ ސިޔާސަތުގެދަށުން މި ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ ގްރޭޑް 10،11،12 ގައި ތަޢުލީމު ޙާޞިލް ކުރަމުން ދާ ނުވަތަ ސްކޫލު ނިންމާފައިވާ ދަރިވަރުންގެ ތެރެއިން ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ރީތިކޮށް ޤުރުއާން ކިޔަވާ ނަމާދުގެ ފިޤުހްގެ ބައިތަކަށް އަހުލުވެރިވެފައިވާ ދަރިވަރުންނަށް، ރާއްޖޭގެ މިސކިތްތަކުގައި އިމާމުވެ ހުކުރު ނަމާދު ކުރުމުގެ ހުއްދަ ދިނުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނިންމާފައިވާތީ، އެކަމަށް އެދި ކުރިމަތިލުމުގެ ފުތުސަތު އާންމުކޮށް ހުޅުވާލައިފައިވާ ކަމަށެވެ.
އެ ވުޒާރާއިން ބުނީ މިކަމަށް އެދި ހުށަހަޅާނީ އެ ވުޒާރާއިން ގާއިމްކޮށްފައިވާ އިލެކްޓްރޯނިކް (އޮންލައިން) ފޯމު މެދުވެރިކޮށް ކަމަށެވެ.
މި ކަމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި ޖޫން މަހުގެ 25 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުންޏެވެ.
އިތުރަށް





.gif.gif&w=828&q=100)