އެންމެ ދިދައެއް ފިޔަވާ ހުރިހާ ގައުމެއްގެ ދިދަތައް ވިނަގަނޑުމަތީ, މި ދިދަ ޚާއްސަ

2026 ވަނަ އަހަރުގެ ވޯލްޑުކަޕް, މެޗު ފެށުމުގެ ކުރީން ދެ ގައުމުގެ ގައުމީ ދިދަ މެޗުކުޅޭ ދަނޑުގެ ވިނަގަނޑު މަތީގައި ފަތުރާލަ އެވެ. ނަމަވެސް ސައުދީ - އުރުގުއޭ މެޗު ތަފާތެވެ.
ކޮންމެ ގައުމެއްގެ ވެސް ގައުމީ ދިދައަކީ ހާއްސަ އަހަންމިއްޔަތުކަމެއް ދެވޭ އެއްޗެކެވެ. ދިދައަށް ހާއްސަ ގަވާއިދުތައް ހަދާފައި ހުރެ އެވެ. ރަސްމީ ކަންކަމުގައި ބޭނުން ކުރާނެ ދިދަ އާއި އާންމު މުނާސަބަތުތަކުގައި ބޭނުންކުރާ ދިދަ ވެސް ހުރެ އެވެ. ދިދަ ބޭނުން ކުރާން ޖެހޭ ގޮތާއި ދިދައާ ގުޅޭ ޚާއްސަ ގަވާއިދުތައް ތަންފީޒު ކުރަމުންދެ އެވެ.
ސައުދިއަރަބިއްޔާގެ ގައުމީ ދިދަ ބޭނުންކުރުމާއި ގުޅޭ ހާއްސަ އުސޫލެއް އޮވެ އެވެ. ސައުދި އަރަބިއްޔާގެ ގައުމީ ދިދާގައި ޝަހާދަތުގެ ދެ ކަލިމަ ލިޔެފައިވުމުން އެއީ މުސްލިމުންގެ މެދުގައި ވަރަށް ހާއްސަ ކަމެއް ދެވިފައިވާ ދިދައަކަށް ވަނީ ވެފަ އެވެ. އެއީ އެންމެ މާތް, އެންމެ މުގައްދަސު ކަލިމަ ލިޔެފައިވާތީ އެވެ.
އެހެން ކަމުން އެ ދިދަ ބިންމަތީގައި ނުވަތަ ވިނަގަނޑުގެ މަތީގައި ބޭއްވުމަކީ ވެސް ސައުދީގެ ގައުމީ ދިދަ ބޭނުން ކުރުމުގެ އުސޫލާއި ހިލާފު ކަމެކެވެ. އެ އުސޫލަށް އިހްތިރާމް ކުރުމުގެ ގޮތުން ރޭ އޮތް މެޗު ފެށުމުގެ ކުރީން ސައުދީގެ ގައުމީ ދިދަ ގެންގުޅެފައިވަނީ ވިނަގަނޑުމަތީގައި ނުބާއްވާ އޭގެ ތަންކޮޅެއްގެ މަތީގައި ހިފަހައްޓައިގެންނެވެ. އަދި ދެ ގައުމުގެ ހަމަހަމަކަން ހިފެހެއްޓުމުގެ ގޮތުން އުރުގުއޭގެ ދިދައާމެދުވެސް އެފަދައިން އަަމަލުކޮށްފައިވެ އެވެ.
ރޭގެ މެޗާއި ގުޅޭގޮތުން އާންމުންގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓުނު އެއް ކަމަކީ އެއީ އެވެ.
މި މަންޒަރުތައް ސައުދި އަރަބިއްޔާގެ ގައުމީ ޓީމު ކުޅޭ ކޮންމެ މެޗަކުން ފެންނާނެ އެވެ.
އިތުރަށް


.webp&w=3840&q=100)


.gif.gif&w=828&q=100)