ހުޅުމާލެ ފަޅުތެރެއަށް ފޭބި މީހަކު ގެއްލިއްޖެ

ހުޅުމާލެ ސްޓެލްކޯއާ ދިމާއިން ފަޅުތެރެއަށް ފޭބި މީހަކު ގެއްލިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
ވަލެއް އައްސަން މިއަދު އިރު އޮއްސުނު ފަހުން ހުޅުމާލޭ ސްޓެލްކޯއާ ދިމާލު ފަޅުތެރެއަށް ފޭބީ ދިވެއްސެކެވެ.
ފުލުހުން ބުނީ އެ މީހާ ފަޅުތެރެއަށް ފޭބީ އިރުއޮއްސި 6:30 ހާއިރު ކަމަށެވެ. އޭގެ ފަހުން އެ މީހާ ނުފެންނަ ކަމަށާއި އެހެންވެ މެރިން ޕޮލިހާއި ކޯސްޓް ގާޑް ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ގެއްލުނު މީހާއާ ބެހޭ މައުލޫމާތެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
މި ހާދިސާ ހިނގާފައިވާއިރު، މި ދުވަސްވަރު ރާއްޖެއަށް އަދި މި ސަރަހައްދަށް ވެސް މޫސުން ގޯސްކަން ފާހަގަ ކުރެވެއެވެ. މެޓް އޮފީހުން މިވަގުތު ވެސް ވަނީ މިއަދު އުތުރާއި މެދު ރާއްޖެތެރޭގެ ހިސާބުތަކަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފައެވެ.
އިތުރަށް





.gif.gif&w=828&q=100)