logologologologo
STO
ޚަބަރު

ފީނަން ގޮސްއުޅުނު ފަސް މީހަކު ނިޔާވެއްޖެ

ފީނަން ގޮސްއުޅުނު ފަސް މީހަކު ނިޔާވެއްޖެ
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 14

ފީނަން ގޮސްއުޅުނު ފަސް މީހަކު ނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ 5 މީހަކު ގެއްލިފައިވާ ކަމުގެ މައުލޫމާތު މިއަދުހެ 13:45 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާ ހިނގި ސަރަހައްދާއި ނިޔާވި 5 މީހުންގެ ވަނަވަރު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

މި ފަސް މީހުން މަރުވެފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވީ ނަމަވެސް އެއީ އޮޅުމެއް ކަމަށް ފަހުން ވަނީ ބުނެފައެވެ.

މި ފަސް މީހުންގެތެރެއިން އެކެއްގެ ހަށިގަނޑު އިއްޔެ އިރުއޮއްސޭކަށްހާއިރު ވަނީ ފެނިފައެވެ. އޭނާގެ ހަށިގަނޑު ފެނުނީ 60 މީޓަރު އަޑިން ކޭވެއްގެތެރެއިން ކަމަށާ ބާކީ 4 މީހުންގެ ހަށިގަނޑުވެސް އެތާގައި ވާ ކަމަށް ބެލެވޭ ކަމަށް އެމްއެންޑީއެފުން ރޭ ވަނީ ބުނެފައެވެ.

މި މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ދަނީ ކުރަުންނެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް