އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި އެއްވުމުގެތެރެއިން ފުލުހަކަށް އަނިޔާވެ ފަރުވާދީފި

އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި އެއްވުމުގެތެރެއިން ފުލުހަކަށް އަނިޔާވެ ފަރުވާދީފިއެވެ.
ފުލުހުން ބުނީ ބުދަ ދުވަހުގެރޭ މާލޭގައި ކުރިއަށްދިޔަ އެއްވުމެއްގައި ފުލުހަކަށް އަނިޔާވެފައިވާ ކަމަށެވެ.
އަނިޔާވި ފުލުސް މީހާގެ ލޯމަތި ފަޅައިގެން ގޮސްފައިވާ ކަމަށާއި އަދި ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުސް އޮފިސަރަށް އަނިޔާވީ، ރޭ މާލޭގައި ކުރިއަށްދިޔަ އެއްވުމެއްގައި ބައިވެރިންނާ، ފުލުހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގައެވެ. މިހަމަނުޖެހުންތަކުގައި ބައިވެރިވި އެއްވުމުގެ ބައެއް ބައިވެރިން ވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކުރިމިނަލް ކޯޓުން ކޮށްފައިވާ އަމުރާއި ޚިލާފުވި ދެ ނޫސްވެރިއަކު ޖަލަށްލުމުން، އެމީހުން މިނިވަންކުރުމަށް ގޮވާލާ މާލޭގެ އެކި ސަރަޙައްދުތަކުގައި އިދިކޮޅު ފަރާތްތަކުން ރޭ ވަނީ އެއްވެ ޝުޢޫރު ފާޅުކޮށްފައެވެ.
އިތުރަށް





.gif.gif&w=828&q=100)