މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރަކަށް އެމްޑީޕީގެ ފަރާރުން މީކާއިލް!

މާލޭ ސިޓީ ކައުންސިލްގެ ފަސްވަނަ ދައުރުގެ ކައުންސިލަރުން މިއަދު މަގާމުގެ ހުވާކުރައްވާފައިވާއިރު، އެ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމަށް މައި އިދިކޮޅު ޕާޓީ، އެމްޑީޕީގެ ފަރާތުން ވާދަކުރައްވާނެ ބޭފުޅަކަށް މެދުހެންވޭރު ދާއިރާގެ ކައުންސިލަރު މީކާއީލް މުހައްމަދު ރިޔާޒް (މިކީ) ހަމަޖައްސައިފިއެވެ.
މި މަގާމަށް އެމްޑީޕީގެ ތެރެއިން ޖުމްލަ 4 ކައުންސިލަރަކު ޝައުގުވެރިކަން ފާޅުކުރެއްވުމާ ގުޅިގެން، ޕާޓީގެ ކައުންސިލަރުންގެ މެދުގައި މިއަދު ވަނީ އެތެރޭގެ ވޯޓެއް ކުރިއަށް ގެންގޮސްފައެވެ. މި ވޯޓުގައި މީކާއީލް ކުރި ހޯއްދެވީ ހަތް (7) ވޯޓާއެކުގައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި ހުޅުމާލޭ އުތުރު ދާއިރާގެ ކައުންސިލަރު ފާތިމަތު ޒަހިއްޔާއަށް 5 ވޯޓު ލިބުނުއިރު، މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު މުހައްމަދު ރިޟްވާން އަލީ (ރިލޭ) އަދި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އާއިޝަތު ހަނާ، މިއިން ކޮންމެ ބޭފުޅަކަށް ލިބިވަޑައިގަތީ 2 ވޯޓެވެ.
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީން ވަނީ މާލޭ ސިޓީ ކައުންސިލްގެ ބޮޑު އަޣުލަބިއްޔަތެއް ކާމިޔާބުކޮށްފައެވެ. އެގޮތުން ކައުންސިލްގެ ޖުމްލަ ގޮނޑިތަކުގެ ތެރެއިން 16 ގޮނޑި އެމްޑީޕީން ކާމިޔާބުކުރިއިރު، ވެރިކަންކުރާ ޕީއެންސީއަށް ކާމިޔާބު ކުރެވުނީ 2 ގޮނޑިއެވެ.
ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީއަށް އޮތުމުން، ކުރިއަށް އޮތް ރަސްމީ ވޯޓުގައި މާލޭގެ ޑެޕިއުޓީ މޭޔަރުކަމުގެ މަގާމު މީކާއީލަށް ލިބުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އިތުރަށް





.gif.gif&w=828&q=100)