logologologologo
STO
ޚަބަރު

ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު ނޫހުގެ ނޫސްވެރިން ވަނުން މަނާކޮށްފި

ރައީސް އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު ނޫހުގެ ނޫސްވެރިން ވަނުން މަނާކޮށްފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 12

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް އަދަދު ނޫހުގެ ނޫސްވެރިން ވަނުން މަނާކޮށްފިއެވެ.

ރައީސް އޮފީހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، އަދަދު ނޫހުގެ މީސްމީޑިއާ އެކައުންޓަކުން ދައުރުކޮށްފައިވާ ވީޑިއޯ ކޮންޓެންޓަކާ ގުޅޭ ޖިނާޢީ މައްސަލައެއް ކްރިމިނަލް ކޯޓުގައި ހިންގަމުންދާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އެ އޮފީހަށް މަޢުލޫމާތު ދީފައިވާ ކަމަށާއި އަދި އެކަމާ ގުޅޭ މައްސަލައެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ކޮމިޝަނުން ވެސް ބައްލަމުންދާކަމަށް އެ އޮފީހަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

މީގެއިތުރުން، އިއްޔެ ހެނދުނު 10:00 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައާ ގުޅިގެން ކުރި އަމުރާ ޚިލާފަށް އަދަދު ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން ޢަމަލުކޮށްފައިވާ ކަމަށް އެ އޮފީހުން ފާހަގަކޮށްފައިވެއެވެ.

ރައީސް އޮފީހުން އިތުރަށް ބުނީ "ޤާނޫނު ނަންބަރު 2025/16 (މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ޤާނޫނު) ގެ 39 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މީޑިއާތަކުން ނަގަހައްޓަންޖެހޭ ހަމަތަކާއި، އެ ޤާނޫނުގެ 40 ވަނަ މާއްދާގައި ބަޔާންކުރާ އަސާސްތައް ހިމެނޭ ސުލޫކީ މިންގަނޑާއި، އަދި އެ ޤާނޫނުގެ 44 ވަނަ މާއްދާއިން މީޑިއާތަކަށް މަތިކޮށްފައިވާ ތެދު މަޢުލޫމާތު ހާމަކުރުމުގެ ޒިންމާއަށް ރިޢާޔަތްކޮށް، "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ހާޒިރުވުމާއި، އެ ބައްދަލުވުންތައް ކަވަރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު" ގެ 13 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، ބުނެވިދިޔަ މައްސަލަތައް ހިނގަމުންދާ މުއްދަތުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިންތިޒާމުކޮށް ބާއްވާ އެއްވެސް ޕްރެސް ކޮންފަރެންސްއަކަށް އުސޫލުގެ 5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ހުއްދަ، އަދަދު ނޫހާއި އަދަދު ނޫސް ތަމްސީލުކުރާ ނޫސްވެރިންނަށް މިއަދުން ފެށިގެން ދޫނުކުރުމަށް ނިންމައިފައިވާކަމުގައި ދަންނަވަމެވެ." މިފަދައިންނެވެ.

އަދަދު ނޫހުގެ ޑޮކިއުމެންޓަރީ މައްސަލާގައި، އެ ނޫހުގެ ސީއީއޯ ޙުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް ޤަޛްފުގެ ދައުވާ ކުރިމިނަލް ކޯޓުން ވަނީ އުފުލައިފައެވެ. މި ދަޢުވާއާއި ގުޅިގެން އެ ކޯޓުން ނެރުނު އަމުރާ ޚިލާފުވެގެން، އެ ނޫހުގެ މުޙައްމަދު ޝަހުޒާން އަދި ލީވާން ޢަލީ ނާސިރު މިއަދު ކުރިމިނަލް ކޯޓަށް ޙާޟިރުވާން އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

އަދަދު ނޫހުގެ ނޫސްވެރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކަށް ވަނުން މަނާކޮށްފައިވާއިރު، އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން، އެ ނޫހުގެ ނޫސްވެރިޔާ މުޙައްމަދު ޝަހުޒާން ބޭރުކުރިކަން ފާހަގަ ކުރެވެއެވެ. އޭނާ ބޭރުކުރީ ކުރިމިނަލްކޯޓުން ނެރެފައިވާ އަމުރާއި ޚިލާފުވުމުން ކަން ފާހަގަކުރެވެއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް