logologologologo
STO
ޚަބަރު

އަންނަ ބުރާސްފަތި ދުވަހު ސަރުކާރު ބަންދު!

އަންނަ ބުރާސްފަތި ދުވަހު ސަރުކާރު ބަންދު!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 ނޮވެމްބަރު 05

މިއަހަރުގެ ޖުމްހޫރީ ދުވަހާ ގުޅުވައިގެން އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއްވި ގޮތުގައި، ރައީސް މިގޮތަށް ނިންމެވީ ޖުމްހޫރީ ދުވަސް ކަމުގައިވާ ނޮވެމްބަރު 11 ވާ ބުދަ ދުވަހަކީ ގައުމީ ބަންދު ދުވަހަކަށް ވެފައި، ޖެހިގެން އަންނަ ބުރާސްފަތި ދުވަސް ބަންދުކުރުމުން މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ހަފުތާ ބަންދާއެކު ޗުއްޓީ ލިބޭނެ ގޮތް ހަމަޖައްސައިދެއްވުމުގެ މަގުސަދުގައެވެ.

މީގެއިތުރުން، މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ އަންނަ ނޮވެމްބަރު މަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގައުމާ މުޚާތަބު ކުރައްވައި ވާހަކަފުޅު ދައްކަވާނެއެވެ. އަދި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު ދިނުމާއި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު އެރުވުންވެސް މި ޖަލްސާގެ ތެރެއިން ކުރިއަށްދާނެ ކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް