logologologologo
STO
ޚަބަރު

ނައިބު ރައީސްގެ މާލީ ބަޔާން ވެސް އާންމުކުރައްވައިފި

ނައިބު ރައީސްގެ މާލީ ބަޔާން ވެސް އާންމުކުރައްވައިފި
ޒައުޖަތު އަޙުމަދު
ޒައުޖަތު އަޙުމަދު2026 މޭ 18

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފްގެ މާލީ ބަޔާން ވެސް އާންމުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓްގައި ޝާއިޢުކުރައްވާފައިވާ މި ބަޔާނުގައިވާ ގޮތުން ފާއިތުވެދިޔަ ހަ މަސްދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި ނައިބު ރައީސަށް ލިބިވަޑައިގެންފައިވަނީ 314,664.07 ރުފިޔާއެވެ.

އެމަނިކުފާނުގެ އަނބިކަނބަލުންނަށް އާމްދަނީގެ ގޮތުގައި އެއްވެސް އެއްޗެއް ލިބިވަޑައިގެންފައިވާ ކަމަކަށް މާލީ ބަޔާނުގައި ހިމަނުއްވާފައެއް ނެތެވެ. މީގެ އިތުރުން ނާއިބު ރައީސްގެ މިލްކިއްޔާތުގައި އެއްވެސް މުދަލެއް އަދި ވިޔަފާރި މަސްލަހަތެއްވެސް ނެތް ކަމަށް ހިމަނުއްވާފައިވެ އެވެ.

ބެންކުތަކުގައިވާ އެމަނިކުފާނުގެ އެކައުންޓްތަކުގައި ހުރި ފައިސާގެ ތަފްސީލުތައް ވެސް ވަނީ ހާމަކުރައްވާފަ އެވެ. އެގޮތުން ބީއެމްއެލްގެ އެއް އެކައުންޓްގައި 8,390.00 ރުފިޔާ ހުރި ކަމަށް ހިމަނުއްވާފައިވެއެވެ. އިސްލާމިކް ބެންކުގެ އެއް އެކައުންޓްގައި 39.00 އަދި އަނެއް އެކައުންޓްގައި 397.00 ޑޮލަރުވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ނަމުގައި އެއްވެސް ލޯނެއް އަދި ދަރަންޏެއް ވެސް ނެތެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މާލީ ބަޔާން ވެސް މިއަދު ވަނީ އާންމު ކުރައްވާފައެވެ.

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް