logologologologo
STO
ކުޅިވަރު

ވެސްޓްހެމް ބަލިކޮށް އާސެނަލް ތަށި ހޯދުމާއި ގާތަށް!

ވެސްޓްހެމް ބަލިކޮށް އާސެނަލް ތަށި ހޯދުމާއި ގާތަށް!
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 11

އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދުމަށް އާސެނަލް ކުރަމުންދާ އުންމީދުތައް އާވެ، ލީގު ތަށީގައި އަތްލުމާ ފިޔަވަޅަކަށް ގާތަށް އެޓީމު ޖެހިލައިފިއެވެ. ރޭ ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗު 1-0 އިން ކާމިޔާބުކޮށް، އާސެނަލް ވަނީ ތާވަލުގެ ކުރީގައި 5 ޕޮއިންޓުގެ ލީޑެއް ދަމަހައްޓާފައެވެ.

ލަންޑަން ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ އާސެނަލްގެ ސަޕޯޓަރުންގެ "ނާރުތަކާ ކުޅެލި" އުނދަގޫ މެޗެކެވެ. މެޗުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ބެލްޖިއަމްގެ ފޯވާޑް ލެއަންޑްރޯ ޓްރޮސާޑް އެވެ. ނަމަވެސް މެޗުގެ އެންމެ ފަހު ސިކުންތުގައި ވެސްޓް ހޭމްގެ ކެލަމް ވިލްސަން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކުރިކަމަށް ހީވިއެވެ. އެކަމަކު ވީއޭއާރުން ބެލުމަށްފަހު، އާސެނަލްގެ ގޯލްކީޕަރު ޑޭވިޑް ރާޔާއަށް ފައުލްކޮށްފައިވާތީ އެ ލަނޑު ގަބޫލުނުކުރަން ނިންމުމާއެކު އާސެނަލަށް ތިން ޕޮއިންޓް ކަށަވަރުވިއެވެ.

މި ކާމިޔާބީއާއެކު އާސެނަލް އޮތީ 36 މެޗުން 79 ޕޮއިންޓާއެކު އެއްވަނައިގައެވެ. ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް 35 މެޗުން ލިބިފައިވަނީ 74 ޕޮއިންޓެވެ.

ލީގުގެ އިތުރުން އާސެނަލް ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ވެސް ދަތުރުކޮށްފައެވެ. މެއި 30 ގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ފައިނަލުގެ ކުރިން، ޕްރިމިއާ ލީގު ތަށި ކަށަވަރުކުރުމަކީ އާސެނަލްގެ އެންމެ ބޮޑު އަމާޒެވެ. ލީގުގައި ދެން އާސެނަލަށް އޮތީ ބާންލީ އަދި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ. އެ ދެ މެޗުން މޮޅުވެއްޖެނަމަ، 22 އަހަރަށްފަހު އާސެނަލްއަށް ލީގު ތަށި އުފުލާލުމުގެ ފުރުސަތު ލިބޭނެއެވެ.

 

MALDIVE GAS
ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް