logologologologo
STO
ޚަބަރު

ޕީއެންއެފްގެ މުޒާހަރާ އާންމު ރައްޔިތުންނަށް "ބޮޑު އުނދަގުލަކަށް"

ޕީއެންއެފްގެ މުޒާހަރާ އާންމު ރައްޔިތުންނަށް "ބޮޑު އުނދަގުލަކަށް"
މުހައްމަދު ރިފާއު
މުހައްމަދު ރިފާއު2026 މޭ 05

ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ފުރަތަމަ ނައިބް ރައީސް ޑރ ޖަމީލު އިސްވެ ހައްދަވާގެން އުޅުއްވާ ސިޔާސީ ޕާޓީ ޕީޕަލްސް ނޭޝަނަލަ ފްރަންޓު (ޕީއެންއެފް) ގެ މުޒާހަރާތަކަކީ އާންމު ރައްޔިތުންނަށް އުނދަގުލަކަށް ވެއްޖެ އެވެ.

މީހުންނަށް އުނދަގޫ ވާނެހެން އަޑުގަދަކޮށް ލަވަޖަހާ އަޑުގަދަކޮށް ހަޅޭ ލެވުމަކީ އެބައިމީހުންގެ މުޒާހަރާއިން އާންމުކޮށް ފެންނަ ކަންކަމެވެ. މިކަމާ ގުޅިގެން އެކިފަރާތްތަކުން އަންނަނީ ސޯޝަލް މީޑިއާގައި ހިތްހަމަނުޖެހުން ފާޅު ކުރަމުންނެވެ.

"މުޒާހަރާ ކުރަންވީ އެކަމަކު މި ފެންނަނީ ވަރަށް ޒާތީކޮށް އަޑުގަދަ ކުރަން އެހެން ބައެއްގެ ޖަގަހަ ކުރިމަތީ އެއްޗިސް ގޮވާތަން، ހަޑި ގޮތެއް" ފޭސްބުކްގައި މިކަމާ ނުރުހުން ފާޅު ކުރި މީހަކު ބުނެފައި ވެއެވެ.

ޕީއެންއެފުން މުޒާހަރާ ކުރަނީ މާލޭގެ އެންމެ ބާރުބޮޑުވާ ގަޑީގައި ކަމަށް ވާތީ އެކަމާވެސް ބައެއް ފަރާތްތަކުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި އެއީ ގަސްތުގައި އާންމު ރައްޔިތުންނަށް އުނދަގޫ ކުރުމަށް ކުރަމުން އަންނަ ކަމެއް ކަމުގައި ސިފަކޮށްފައިވެއެވެ.

HHiz_bZaYAE3HdJ.jpg

 

 

މިކަން ވެއްޖެ ބޮޑު އުނދަގުލަކަށް މިހާރު. 6 މީހުން ނިކުމެ އަޑުގެ ނެއްތަނަށް ހަޅޭ ލަވާ ހަޑިހުތުރު ވައްތަރު ޖައްސާ ވަރުން. އަނެއްކާ މާލެ މަގުމަތި ބާރު ބޮޑުވާ ގަޑީގަ މިކަމެއް މި ކުރަނީ! އެ ސޯފާ ގަނޑެއް އެ ނެރެނީ ވެސް މީހުނަށް އުނދަގޫ ކުރަންދޯ. މިހެން ނޫޅުނަސް މުޒާހަރާކޮށް ހިޔާލު ފާޅު ކުރެވިދާނެ. އެކްސްގައި މިކަމާ ނުރުހުން ފާޅު ކުރި މީހަކު ބުނެފައި ވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން އެ މުޒާހަރާގެ ބައިވެރިއަކު މަގުމަތިން ދިޔަ ބަޔަކާ ދިމާލަށް ހަޑި ހުތުރު ވައްތަރު ޖެއްސި ވީޑިއޯއެއް ވެސް ވަނީ ސީޝަލް މީޑިއާގައި އާންމުވެފަ އެވެ.

 

 

ޕީއެންއެފުން ކޮންމެ ރެޔަކުވެސް ވެރިކަންކުރާ ޕީއެންސީގެ އޮފީހާ ދިމާލަށް ވާގޮތަށް ސްޕީކަރު ނެރެގެން އަންނަނީ މުޒާހަރާ ކުރަމުންނެވެ.

 

 

MALDIVE GASAllied Insurance
އިތުރަށް