logo
logo
ޔާމީންގެ ޕީއެންއެފުން ހުސައިން ވަހީދު ބާކީކޮށްލީތަ ؟

ޔާމީންގެ ޕީއެންއެފުން ހުސައިން ވަހީދު ބާކީކޮށްލީތަ ؟

2025 ނޮވެމްބަރު 04
މުހައްމަދު ރިފާއުމުހައްމަދު ރިފާއު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފެއްދެވި ސިޔާސީ ޕާޓީ ޕާޓީ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު އެޕާޓީގެ ލިޑަރޝިޕުން އެއްފަރާތްކޮށްފި ކަމުގެ "ސިގްނަލްތައް" ފެންނަން ފަށައިފި އެވެ.

ޔާމީނާ ގާތް ގުޅުމެއް އޮތް ހުސައިން ވަހީދަކީ ޔާމީން ވެރިކަމުގެ ފުރަތަމަ ކޮމިޝަނަރ އޮފް ޕޮލިސް އެވެ. އެމަގާމުން ހުސައިން ވަހީދު ވަކިކުރުމަށްފަހު ހައުސިންގ މިނިސްޓްރީގެ ސިޔާސީ މަގާމެއްގައި ވެސް ދައުރު ނިމެންދެން ބެހެއްޓި އެވެ.

ޔާމީން ފަހުން އުފެއްދި ޕީއެންއެފްގެ ކޮންގްރެސް ބާއްވާ އެކިއެކި މަގާމުތަކަށް މީހުން ވަނީ އިންތިހާބުކޮށްފައެވެ. ކޮންގްރެސްއިން ފާހަގަކުރެވުނު އެއްކަމަކީ އެޕާޓީ އުފައްދާ މީހުން އިތުރުކުރުމުގައި އެންމެ އިސްކޮށް އުޅުނު ހުސައިން ވަހީދު ހަމަގައިމުވެސް ހުންނެވީ ޔާމީން އަރިހުގައި "ސައިޒަށް" ތިރިކޮށްފައެވެ. ހުސައިން ވަހީދު ވާދަ ކުރެއްވި މަގާމަށްވެސް ހޮވޭގޮތެއް ނުވިއެވެ. ލީޑާޝިޕް އަކުންވެސް ހުސައިން ވަހީދަށް ޖާގައެއް ނުދެއެވެ.

ޔާމީން އަކީ ޔާމީން ބޭނުންވާ ގޮތަކަށް ނޫނީ އެމަނިކުފާނުގެ ސިޔާސީ ޕާޓީގެ އެއްވެސް ކަމެއް ވިޔަދޭނެ ބޭފުޅެއް ނޫންކަން އެއީ މުޅި ރާއްޖެ ދަންނަ ހަގީގަތެކެވެ. ޕީޕީއެމްގެ ރައީސްއަކަށް ހުންނަވާ 2022 ވަނަ އަހަރު ޕީޕީއެމްގެ ސެނެޓަށް ވެސް ނެންގެވީ އިންތިހާބަކާއެކު ވެސް ޔާމީން "ހޮވެން ބޭނުންވި" ބޭފުޅުންނެވެ. އޭރު އެމަނިކުފާނުގެ ލޯޔަކަށް އުޅުއްވި އާސިފް ( އާސިއްޕެ) އަށްވެސް ޖާގައެއް ނުދެއްވަ އެވެ.

މިފަހަރުވެސް މިވީ ހަމައެފަދަ ގޮތެކޭ ބުނެވިދާނެއެވެ. ޕީއެންއެފްގެ ލީޑަރޝިޕްގެ މަގާމެއްގައި ވެސް އަދި ޕާޓީގެ ސެނެޓްގައި ވެސް ހުސައިންވަހީދު އިންނަން ޔާމީން ބޭނުންފުޅު ނުވީއެވެ. ހުސައިންވަހީދަށް ވުރެ ސިޔާސީ ގޮތުން މަގުބޫލު ނޫން މީހުންނަށް ސެނެޓަށް އާދެވޭގޮތް ވީއިރު ހުސައިން ވަހީދަށް ސެނެޓަށް ނާދެވުމަކީ އިއްތިފާގެއް ނޫނެވެ.

06d3880e-e0ef-43ff-9689-99590c5e2d94.jpg

 

ޕީއެންފްގެ ރައީސްކަމަށް ހޮވިވަޑައިގަތީ ޔާމީންއެވެ. އިތުރު މީހަކު ކުރިމަތިލާފައެއް ނުވެއެވެ. ޕާޓީގެ ނައިބް ރައީސަކަށް ހޮވާފައިވަނީ ދަރިކަލުން ގެއިން ޔާމީން އަދި އިތުބާރުނެތިގެން ވަކިކުރި ކުރީގެ ނައިބް ރައީސް ޑރ މުޙައްމަދު ޖަމީލެވެ. ހަޒާންޒާރަކަށް އަބަދުވެސް ޔާމީންގެ ފައިސާގެ ކަންކަން ބެލެހެއްޓުމުގެ ކަންކަމުގައި އުޅުއްވާ މުސްތަފާ އަދި ސެކެޓްރީ ޖެނެރަލަކަށް ކުރީގެ މިނިސްޓަރު މަލީހު ވަނީ ހަމަޖައްސާފައެވެ. އެބޭފުޅުންނާ ވާދަކުރައްވަން އިތުރު ބަޔަކު ކުރިމަތިލާފައެއް ނުވެއެވެ. އެއީ ސީދާ ޔާމީން ބޭނުންވި ގޮތްކަން އެއީ ޝައްކެތްވެސް އޮތް ކަމެއް ނޫނެވެ.

އުފެދެނީ އެންމެ ސުވާލެކެވެ. ކީއްވެ ހެއްޔެވެ؟

 

ADVERTISE SLOT

Promote Your Brand Where It Matters Most

އިތުރަށް